theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މިނިސްޓަރ މޫސާ ޒަމީރު ރައީސް މުއިއްޒު އަރިހުގައި / ސޯޝަލް މީޑިއާ
ހަބަރު
ދައުލަތުގެ މާލީ ހިސާބުތައް ހާމަނުކުރާތާ މަސް ދުވަސްވަނީ
Mariyam Isaadha
މަރިޔަމް އިސާދާ
18 އޮކްޓޯބަރު 2025
މާލެ ސިޓީ

ދައުލަތުގެ ހަރަދާއި އާމްދަނީގެ ތަފާސްހިސާބު ހާމަނުކުރާތާ މަހެއްވާން ކައިރިވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އެއް ފަހަރު އާންމުކުރާ އެ ހިސާބުތައް އެންމެ ފަހުން ހާމަކޮށްފައިވަނީ، ސެޕްޓެމްބަރު މަހުގެ 23ގައެވެ.

ހަފްތާގެ ކޮންމެ އަންގާރަ ދުވަހެއްގައި އާންމުކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސްގެ އެންމެ ފަހުގެ ހިސާބުތަކުން ހާމަވެފައިވާ ގޮތުގައި، ދައުލަތުގެ އާމްދަނީ 27.4 ބިލިއަން ރުފިޔާއަށް އަރާއިރު، ޚަރަދު ވަނީ 26.6 ބިލިއަން ރުފިޔާއަށް އަރައިފައެވެ.

ދައުލަތުގެ ޖުމްލަ ޚަރަދު ދަށްވި ނަމަވެސް، އާމްދަނީއާއި ޕެންޝަނަށް ކުރާ ޚަރަދު ވަނީ އިތުރުވެފައެވެ. އެގޮތުން ޖުމްލަ ޚަރަދު 15.13 ޕަސެންޓް ދަށްވި ނަމަވެސް، އާމްދަނީއާއި ޕެންޝަނަށް ކުރި ޚަރަދު ވަނީ ހަ ޕަސެންޓް އިތުރުވެފައެވެ.

ޖުމްލަ ޚަރަދު ދަށްވި މައިގަނޑު ސަބަބަކަށްވީ ކެޕިޓަލް އެކްސްޕެންޑިޗާ ނުވަތަ މަޝްރޫއުތަކަށް ކުރާ ޚަރަދު ވަރަށް ބޮޑަށް ދަށްކޮށްފައިވުމެވެ. އެގޮތުން މަޝްރޫއުތަކަށް ކުރި ޚަރަދު ވަނީ 57 ޕަސެންޓް ދަށްވެފައެވެ.

މި ސަރުކާރުގެ ފުރަތަމަ ކޮޅު ވެސް ޚަރަދުގެ ހިސާބުތައް ހާމަނުކުރާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިއެވެ. އޭރު ސަރުކާރުން ވަނީ ރިޕޯޓުތައް ހާމަނުކުރެވުނީ މިދިޔަ ސަރުކާރުގައި ބައެއް ޚަރަދުތައް ކޮށްފައި ހުރި ގޮތުން ކަމަށް ބުނެފައެވެ. އެގޮތުން ފިނޭންސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ދެ ބިލިއަން ރުފިޔާ ހިސާބުނުކޮށް ހުރި ކަމަށެވެ.

އޭގެ ފަހުން ވެސް، ހިސާބުތައް ހާމަނުކޮށް މަހެއްހާ ދުވަސް ފާއިތުވެފައި އެބަހުއްޓެވެ. އެކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުންތައް ވެސް އަމާޒުވެއެވެ.

މި އަހަރު ދަރަންޏަށް ދެއްކުމަށް ބަޖެޓު ކުރީ 3.87 ބިލިއަން ރުފިޔާ ނަމަވެސް، މިދިޔަ މަހުގެ 18 ވަނަ ދުވަހާ ހަމައަށް، ލޯނުތައް އަނބުރާ ދެއްކުމަށް ބަޖެޓަށް ވުރެ އިތުރަށް ވަނީ ޚަރަދުކޮށްފައެވެ. އެއީ 4.32 ބިލިއަން ރުފިޔާއެވެ.

ރާާއްޖޭގެ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކިދާނެ ކަމުގެ ހިރާސްއޮތުމުން ކަމަށް ބުނެ، ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އޭޖެންސީތަކުން ވަނީ ރާއްޖޭގެ ރޭޓިން ދަށްކޮށްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved