February 23, 2026
Advertisement
މޫސާ ޒަމީރު
މޫސާ ޒަމީރު / ރައީސް އޮފިސް

މާލީ ހިސާބުތައް ހާމަނުކޮށް މަހެއް, މިނިސްޓަރ ޕިކްނިކް ހެދުމުގައި!

Yana Shareef
ޔާނާ ޝަރީފް
Oct 22, 2025, 04:26 PM

ވޭތުވެދިޔަ މަސް ދުވަހު ދައުލަތަށް ލިބުނު ފައިސާ އާއި ކުރި ހަރަދުތަކުގެ ތަފުސީލު ފިނޭންސް މިނިސްޓްރީން ސިއްރުކޮށްފި އެވެ.

Advertisement

އެ މިނިސްޓްރީން އެންމެ ފަހުން ވީކްލީ ފިސްކަލް ރިޕޯޓު ނެރެފައިވަނީ ސެޕްޓެމްބަރު 23، ގަ އެވެ. އެ ފަހަރު އާންމުކުރީ އެ މަހުގެ 18، އާ ހަމައަށް ހިނގާފައިވަ ހަރަދުތަކާއި ލިބުނު އާމްދަނީ ތަފުސީލެވެ.

ފައިސާ ޗާޕު ނުކުރާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުން ފެށިގެން ރައީސް މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިޔަސް، އެންމެ ފަހުން ފައިސާ ޗާޕްކުރަން ވެސް ވަނީ ނިންމަވާފައެވެ.

މަހެއްހާ ދުވަހު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ގިނަ ދުވަސްތަކެއް ހޭދަކުރެއްވީ ރައީސް މުހައްމަދު މުއިއްޒު އާއެކު މާލެއިން ބޭރުގަ އެވެ. އެގޮތުން، ވ، ފ، މ، ތ، ށ، އަދި ލ. އަތޮޅުގެ ރަށްރަށަށް މުއިއްޒު ކުރެއްވި ދަތުރުތަކުގައި ޒަމީރު ވަޑައިގެންނެވި އެވެ.

ދަތުރުގެ ތެރެއިން އެއްވެސް ރަށެއްގައި ރައްޔިތުންނާއި މުހާތަބުކޮށް ވަޒީރު ވާހަކައެއް ނުދައްކަވަ އެވެ. ނަމަވެސް، ސަރުކާރުން ފަށާ ބައެއް މަޝްރޫއުތަކުގެ ބިންގާ އެޅުމަށް ސިމެންތި އެޅުމާއި އެއްބަސްވުންތަކުގައި ޒަމީރު ސޮއިކުރައްވަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved