 
             
        
     
             
                        އަންނަ އަަހަރަށް ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓަކީ މިއަހަރަށް ކަނޑައެޅި ބަޖެޓާ ބަލާފަ ކުޑަ ބަޖެޓެއްކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބަޖެޓް މިއަދު ހުށަހެޅުމާއި ގުޅިގެން އެކްސް އެކައުންޓުގައި ޑިފެންސަށް ކުޅެން ނިކުމެވަޑައިގެން މުއިއްޒު ވިދާޅުވީ މިއަހަރަށް ކަނޑައެޅި ބަޖެޓާ ބަލާފަ އަންނަ އަހަަރަށް ހުށަހެޅި ބަޖެޓަކީ ކުޑަ އެއްޗެކަމަށެވެ.
އެގޮތުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ، 64,202,565,720 ރުފިޔާއެވެ. މީގެ ތެރެއިން ހަރަދުގެ ގޮތުގައި ހިނގާނީ، 49.2 ބިލިޔަން ރުފިޔާ ކަމަށާއި އޭގެތެރޭގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 39.9 ބިލިޔަން ރުފިޔާ ހިމެނޭ އިރު ކެޕިޓަލް ހަރަދުގެ ގޮތުގައި 9.3 ބިލިޔަން ރުފިޔާ ހިމެނެއެވެ.
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ، ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރުމަށް ގިނަ ފިޔަވަޅުތަކެއް ހިމަނާފައިވާ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު އަދި ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ދަރަނި ދެއްކުމަށް އެކަނިން ބަޖެޓްގައި ފޯކަސް ބަހައްޓާފައިވާއިރު އާމްދަނީ ހޯދުމަށްޓަކައި އިތުރު އައު ކަމެއް ކުރުމުގެ އެއްވެސް ކަމެއްް ރޭވިފައި ނެތްކަން ފާހަގަކޮށްލެވެއެވެ.
އަންނަ އަހަރަށް ކަނޑައެޅި ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކުރަނީ 40.4 ބިލިޔަން ރުފިޔާއެވެ.
މިއަހަރަށް ސަރުކާރުން ހުށަހެޅީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރަށް ކަނޑައަޅާފައި ވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެންކަމުން މިއަހަރަށްވުރެ އަންނަ އަހަރަށް ކަނޑައެޅި ބަޖެޓު ހަގީގަތުގައި ބޮޑެވެ.
އެހެންނަމަވެސް ރައްޔިތުން ބޮއްވުމަށް ސަރުކާރުން ބުނަނީ އަންނަ އަހަރަށް ކަނޑައެޅި ބަޖެޓުން ދަރަނިތަކަށް ދައްކަން ޖެހޭ ބައި ކަނޑާފައި ދެން އިން ބާކީ ބަޔަކީ މި އަހަރުގެ ބަޖެޓަށްވުރެ ކުޑަ އެއްޗެއްކަމަށެވެ.
ސަރުކާރުން ހީކުރަނީ ރައްޔިތުން ބޮއްވާލާފައި ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ މަންޒަރު ބަލަން ރައްޔިތުން ތިބޭނެކަމަށެވެ. އެހެންނަމަވެސް މިހާރު އޮތް ސަރުކާރާ މެދު ރައްޔިތުން ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.
 
                                                                                                             
                                                                                                             
                                                                                                             
                                                                                                             
                                                                                                            