theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ވާނުވާ ބަންދަކީ މީހުން ގިނަ ދުވަހު ބައިތިއްބައިގެން ބަލިކަށިކޮށްލަން ފުލުހުން ޖަހާ ރެކެޓެއް: ރައީސް ޔާމީން / ސޯޝަލް މީޑިއާ
ހަބަރު
ވާނުވާ ބަންދަކީ މީހުން ގިނަ ދުވަހު ބައިތިއްބައިގެން ބަލިކަށިކޮށްލަން ފުލުހުން ޖަހާ ރެކެޓެއް: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
13 ނޮވެމްބަރު 2025
މާލެ ސިޓީ

ވާނުވާ ބަންދަކީ މީހުން ގިނަ ދުވަހު ބައިތިއްބައިގެން ބަލިކަށި ކޮށްލަން ފުލުހުން ޖަހާ ރެކެޓެއް ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ވާނުވާ ބަންދަކީ ކޮބައިކަން ރައީސް މުހައްމަދު މުއިއްޒަކަށް ނޭނގޭ ކަމަށެވެ. އެގޮތުން ޖުޑިޝިއަރި ތެެރއިން ވާނުވާ ބަންދަށް ހައްލު ގެންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު، އެއީ ޖުޑިޝިއަރީ ތެރެއިން ނިމުން ގެންނަން ޖެހޭ ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ވާނުވާ ބަންދު މީހެއްގެ މައްޗަށް ޖަހަނީ ދައުލަތުގެ ޕީޖީއިން އެދިގެން ކަމަށާ އެއީ ފުލުހުންނާ ޕީޖީއިން ގުޅިގެން ޖަހުވާ ބަންދެއް ކަމަށެވެ. އެގޮތުން ފުލުހުން އެދުނު ނަމަވެސް ޕީޖީ ނޭނދޭ ނަމަ ވާނުވާ ބަންދު ނުޖެހޭނެކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އެހެންކަމުން ވާނުވާ ބަންދަކީ އިދާރީ ގޮތުން ނިންމޭނެ ކަމެއް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ވާނުވާ ބަންދު ޖަހަނީ ޕޮލިހުންނަށް މީހަކު ތަހުގީގުކުރަން ދޫކޮށްލާފައި ބަހައްޓަން ކަމަށާ ގިނަ ފަހަރު ޕޮލިހުން މީހުން ފްރޭމުކުރާ ކަމަށެވެ. ގާނޫނީ ނިޒާމު އޮންނަނީ މަދަނީ މިންގަނޑުން ކުރިއަށް ދެވޭތޯ ބެލުމަށް ކަމަށް ކަމަށާ އެކަމުގައިވެސް ދިގު ދެމިގެންދާ ކަމަށެވެ

ވާނުވާ ބަންދަކީ ފުލުހުން މީހުން ގިނަ ދުވަހު ޖަލުގައި ބައިތިއްބައިގެން މީހުން ބަލިކަށިކޮށްލައިގެން މީހުންގެ އިއުތިރާފެއް ނޫނީ އެކަމާ ގުޅުން ހުރި އުތުރު ހެކި ހޯދަން ފުލުހުން ޖަހާ ރެކެޓެއްގެ ގޮތުގައި ވެސް ރައީސް ޔާމީން ސިފަކުރައްވާފައިވެއެވެ.

ރައީސް ޔާމީން ވިދާޅުވީ އެއީ 5 މިނިޓު ތެރޭގައިވެސް ނިންމާލެވޭ ވަރުގެ ކަމެއް ކަމަށާ އެއީ ޖުޑިޝިއަރީގެ ތެރެ އެފުށް މިފުށަށް ޖަހަން ޖެހޭ ސަބަބެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވީ، ވާނުވާ ބަންދަކީ ދައުލަތުން ބޭނުން ނަމަ މިހާރުން މިހާރަށްވެސް އުވާލެވޭނެ ކަމެއް ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved