March 15, 2026
Advertisement
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު އެލާޓް ނެރެފި
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު އެލާޓް ނެރެފި / ސޯޝަލް މީޑިއާ

އަދިވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް!

Faina Faiz
ފައިނާ ފާއިޒް
Dec 7, 2025, 10:53 PM
މާލެ ސިޓީ

އަދިވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްކަމަށް ދިވެހިރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ މެޓު އޮފީހުން ހުދު ސަމާލު ނެރެފިއެވެ.

Advertisement

މެޓުން ހާމަކޮށްފައިވާ ގޮތުގައި، ހއ އަތޮޅުން ފެށިގެން މ އަތޮޅަށް މިއަދުގެ 17:00 އިން ފެށިގެން 23:00 އަށް ވިއްސާރަކޮށް ގަދަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެ ސަރަހައްދަށް 40 މޭލަށް ވައިގަދާވާނެ ކަމަށްވެސް މެޓުން ވަނީ ހާމަކޮށްފައިއެވެ.

ކުރިއަށް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، އެކިހިސާބަށް ވިއްސާރަ ކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ. ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރާއިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ބާރުވުން އެކަށީގެން ވެއެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ އިރު ރާޅުގެ އުސްމިން ހުންނާނީ 3 - 6 ފޫޓުގެ އުސްމިނުގައެވެ.

ކުރަމުންދާ ވިއްސާރައިގައި ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved