March 27, 2026
Advertisement
ސަންގު ބަހުސްގެ ތެރެއިން ކުރީގެ ސީޕީ ހުސައިން ވަހީދު
ސަންގު ބަހުސްގެ ތެރެއިން ކުރީގެ ސީޕީ ހުސައިން ވަހީދު / ސަންގު

ސިޔާސީ ޕާޓީ އަކުން ކޮންމެ ނިންމުމެއް ނިންމިޔަސް ޒަމީރު ގަބޫލު ނުކުރާ ކަމެއް ނުކުރާނަން: ހުސައިން

Faina Faiz
ފައިނާ ފާއިޒް
Jan 11, 2024, 04:58 AM
މާލެ ސިޓީ

ސަންގުޓީވީއިން ސިލްސިލާކޮށް ކުރިޔަށްގެންދާ މާލެސިޓީ މޭޔަރުންގެ ބަހުސްގައި ބުދަ ދުވަހުގެ ރޭ ވާހަކަފުޅުދައްކަވަމުން، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ތާއީދާއި އެކު، މާލޭ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާ، ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދް ވިދާޅުވީ، ސިޔާސީ ޕާޓީ އަކުން ކޮންމެ ނިންމުމެއް ނިންމިޔަސް ޒަމީރު ގަބޫލު ނުކުރާ ކަމެއް ނުކުރައްވާނެ ކަމަށެވެ.

Advertisement

ވަކި ސިޔާސީ ޕާޓީއަކުން ނުވަތަ ވަކި ސިޔާސީ ފިކުރަކުން ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދިފައި ހުރީ މައިގަނޑު ދެ ފިކުރެއްގެ މައްޗަށް ބިނާކޮށްފައި ކަމަށާއި، އެއީ ބިނާކުރަނިވި ފިކުރާއި ފަނާކުރަނިވި ފިކުރުކަމަށް ހުސެއިން ފާހަގަކުރެއްވިއެވެ.

ކޮންމެ ޕަބްލިކް އޮފީހަކަށް ނިކުންނަ މީހެއްގެ ކިބައިގައިވެސް އަސާސީ ސިފަތަކެއް ހުންނަން ޖެހޭނެ

ކުރީގެ ސީޕީ ހުސެއިން ވަހީދު

ހުސެއިން ވިދާޅުވީ ޕަބްލިކު އޮފީހަކަށް ނިކުންނަ ކޮންމެ މީހަކީ އެމީހާ އެއްކޮށް ސިޔާސީ ޕެކޭޖެއް ހިފައިގެން އަންނަ މީހަކަށް ނުވުން އެއީ އެމީހެއްގެ ކިބައިގައި ހުންނަން ޖެހޭނެ ޝަރުތެއް ކަމަށެވެ.

އަދި ހަމަ އެގޮތަށް އެމީހާ އަދާކުރަން ޖެހޭ ޒިންމާއާއި މަސްއޫލިއްޔަތުތައް އަދާކުރަމުން ދާއިރު އެހެން ކަމަކާއި ދޭތެރޭ އެމީހަކު ވިސްނަންނުޖެހޭ ވަރުގެ މީހަކަށްވުން އެއީ ވަރަށް މުހިއްމުކަމެއްކަމަށްވެސް ހުސެއިން ވިދާޅުވިއެވެ.

މާލޭގެ މޭޔަރު ކަމަށް ނިކުންނަވާއިރު ޕާޓީއަށްވުރެ ގައުމާއި ރައްޔިތުން އިސްކުރުމުގެ މުހިއްމުކަމަށްވެސް ހުސެއިން ވަނީ އަލިއަޅުވާލާފައިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved