February 24, 2026
Advertisement
.
. / ތޭރަގްރެފިކްސް

ސްޓޫޑެންޑް ލޯނަށް ދޫކުރީ މިދިޔަ އަހަރަށްވުރެ 140 މިލިއަން ރުފިޔާ މަދުން!

Yana Shareef
ޔާނާ ޝަރީފް
Dec 31, 2025, 09:30 PM

މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ފައިސާ ދޫކުރަން މި އަހަރުގެ ބަޖެޓުން ދޫކުރި ފައިސާގެ އަދަދު މިދިޔަ އަހަރަށްވުރެ ބޮޑު ތަނުން މަދު ކަން ހާމަވެއްޖެއެވެ.

Advertisement

ފިނޭންސް މިނިސްޓްެރީން އެންމެ ފަހުން އާންމުކުރި "ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުން އެނގޭ ގޮތުގައި މި އަހަރު، އެ ތާރީހާއި ހަމައަށް ސްޓޫޑެންޓު ލޯނުގެ ގޮތުގައި ދޫކޮށްފައިވަނީ 548 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދޫކޮށްފައިވަނީ 688 މިލިއަން ރުފިޔާ އެވެ. މިއީ 140 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.

ސަރުކާރުން މި އަހަރު ނިމޭއިރު ބަޖެޓު ކުރި އަދަދަށްވުރެ، ސްޓޫޑެންޓު ލޯނުގެ ގޮތުގައި ދޫކުރި ފައިސާ 200 އެއްހާ މިލިއަން ރުފިޔާއިން މަދުވާނެ އެވެ. އެކަމަށް މި އަހަރުގެ ބަޖެޓުގައި ހިމެނީ 768 މިލިއަން ރުފިޔާ އެވެ.

މާލީ ހިސާބުތަކުން މިގޮތަށް ދައްކާއިރު، ގިނަ އަދަދެއްގެ ދަރިވަރުން އަންނަނީ އެ ދަރިވަރުންނަށް ލޯނާއި ސްކޮލާޝިޕްގެ ސްޓައިޕެންޑު ޖަމާނުވާ ކަމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ބުނަމުންނެވެ.

ސަރުކާރުން ދޭ ސްކޮލާޝިޕާއި ލޯން ސްކީމްގެ ދަށުން ގޮސް ތިބި ދަރިވަރުންނަށް މިނިސްޓްރީގެ ފަރާތުން ވެފައިވާ އިހުމާލުތައް ހިމަނައި އެ މައްސަލަތައް ހައްލުކޮށްދިނުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ މިދިޔަ ހަފުތާ ތެރޭ ހާއްސަ ރިޕޯޓެއް ހަޔާ އެޑިއުކޭޝަނަށް ފޮނުވާފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved