theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ތޭރަ އޮންލައިން
ހަބަރު
ޒަރިޔަންދަކީ ރައީސް ޔާމީން އެންޑޯޒް ކުރެއްވި ގައުމީ ކެންޑިޑޭޓު، އަދިވެސް އެކަން އޮތީ އެހެން: ޕީއެންއެފް
Mariyam Isaadha
މަރިޔަމް އިސާދާ
15 ޖެނުއަރީ 2026
މާލެ ސިޓީ

މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ އިސްމާއިލް ޒަރިޔަންދަކީ ރައީސް އަބްދުﷲ ޔާމީން އެންޑޯޒް ކުރެއްވި ގައުމީ ކެންޑިޑޭޓު ކަމަށާ އަދިވެސް އެކަން އޮތީ އެހެން ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) އިން ހާމަްކޮށްފިއެވެ.

ރައީސް ޔާމީންގެ ފަޅި ދޫކޮށް ޒަރިޔަންދު މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނަނީ ކަމަށް ބުނެ ސަރުކާރުން ފަންޑުކޮށްގެން ހިންގާ ބްލޮގަކުން ހަގީގަތާ ޚިލާފު ވާހަކަ ފަތުރަމުންދާ ދިއުމާ ގުޅިގެން ޕީއެންއެފުން ބުނެފައިވަނީ، ޒަރިޔަންދު އަބަދުވެސް ނުކުންނަން ނިންމާފައި ވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށާ އޭނާއަށް ބެކްއަޕްދެއްވާ އޭނާ އެންޑޯރސް ކުރެއްވީ ރައީސް ޔާމީން ކަމަށެވެ.

މާކެ ސިޓީއަށް ބޮޑު ހައްލެއް ބޭނުންވާތީ ރައީސް ޔާމީންގެ އެންޑޯސްމަންޓާ އެކު ޒަރިޔަންދު މޭޔަރުކަމަށް ނުކުންނަވަން ނިންމެވި ނިންމެވުން އަދިވެސް އޮތީ އެހެން ކަމަށާ އެކަން ބަދަލުވެސް ނުވާނެ ކަމަށް ޕީއެންއެފުން ބުނެފައިވެއެވެ.

މީގެ އިތުރުން ޕީއެންއެފަކީ އުނބު ޓާނު ނަގަން، ރައީސް މުހައްމަދު މުއިއްޒު ވެސް ނޫން ކަމަށް ބުނެ މަޖާޒީ ފާޑުކިޔުންވެސް އަމާޒުކޮށްފައިވެއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved