February 23, 2026
Advertisement
ފިނޭންސް މިނިސްޓަރު، ޑރ. މުހައްމަދު ޝަފީގު މަޖިލީހުގައި ވާހަކަ ދައްކަވަނީ
ފިނޭންސް މިނިސްޓަރު، ޑރ. މުހައްމަދު ޝަފީގު މަޖިލީހުގައި ވާހަކަ ދައްކަވަނީ / ދަ ޕްރެސް

މިދިޔަ މަހުގެ ނިޔަލަށް ޚަރަދު ހަތް ބިލިއަނަށް!

Aishath Naja
އައިޝަތު ނަޖާ
Mar 10, 2024, 05:33 PM
މާލެ ސިޓީ

ލޯނުތައް ދެއްކުމަށް ކުރި ހޭދައާއެކު ދައުލަތުގެ ބަޖެޓުން މިދިޔަ މަހުގެ ނިޔަލަށް ޖުމްލަ ހަތް ބިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.

Advertisement

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރިކަރަންޓް ހަރަދަށް 5.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ކެޕިޓަލް ހަރަދަށް 1.2 ބިލިއަން ރުފިޔާ އަދި ލޯނުތައް ދައްކަން 564.7 މިލިއަން ރުފިޔާ ވަނީ މިއަހަރު ވަނީ ހޭދަކޮށްފައެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ހަރަދު ހުރީ 8.8 ބިލިއަން ރުފިޔާގަ އެވެ.

ދައުލަތުގެ މި އަހަރުގެ ހަރަދުތަކުގެ ތެރެއިން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އަދި ޕެންޝަނަށް 2.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އިދާރީ އަދި ހިންގުމުގެ ހަރަދަށް ތިން ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މީގެ އިތުރުން ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް މި އަހަރުގެ ބަޖެޓުން 836 މިލިއަން ރުފިޔާ ހަރަދުކުރި އެވެ.

ދައުލަތުގެ ހަރަދު މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ދަށަށް ގޮސްފައިވާއިރު އާމްދަނީވެސް ވަނީ ދަށަށް ގޮސްފަ އެވެ.

ދައުލަތަށް މިދިޔަ މަހުގެ ނިޔަލަށް އަމްދަނީގެ ގޮތުގައި ލިބުނީ 6.5 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

ޓެކްސް އާމްދަނީގެ ގޮތުގައި މިއަހަރު 5.6 ބިލިއން ރުފިޔާ ލިބުނުއިރު ޓެކްސް-ނޫން އާމްދަނީގެ ގޮތުގައި 817 މިލިއަން ރުފިޔާ ލިބިފައިވާކަަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved