February 23, 2026
Advertisement
ސިޔާސީ މަގާމުތަކަށް އައްޔަން ކުރި ބައެއް ބޭފުޅުން
ސިޔާސީ މަގާމުތަކަށް އައްޔަން ކުރި ބައެއް ބޭފުޅުން / ރައީސް އޮފިސް

އިންތިހަބާ ދިމާކޮށް އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރގެ ނަމުގައި މަގާމު އުފައްދާ ވަޒީފާ ބަހަން ފަށައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Apr 15, 2024, 07:25 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ހަފްތާއަކަށްވެފައިވަނިކޮށް، ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވުމަށް އައު ސިޔާސީ މަގާމެއް އުފައްދާ މީހުން އައްްޔަންކުރަން ފަށައިފިއެވެ.

Advertisement

އެސިސްޓެންޓު ޕޮލިޓިކަލް ޑިރެކްޓަރގެ ނަމުގައި މަގާމު އުފައްދާ ސަރުކާރުން ވަނީ މަގާމުތައް ބަހަން ފަށަފައިކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. އެގޮތުން ކުރިން ނެތް ސިޔާސީ މަގާމެއް އުފައްދާފައިވަނީ ދައުލަތުގެ ޚަރަދުތައް އާމްދަނީ އާ ނުބައްދަލުވެގެން ޚަރަދުތައް ކުޑަކުރަންވެސް ފިނޭންސުން އަންގާފައިވަނިކޮށެވެ.

ރައީސް އޮފީހުން މިކަމާ ގުޅިގެން ވިދާޅުވެފައިވަނީ މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ބެލުމަށްފަހު މުވައްޒަފުން އައްޔަނު ކުރުމަށް މަގާމުތައް އުފައްދަމުންދާނެ ކަމަށް ކަމަށް ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

މިދިޔަ މާޗް މަހުން ފެށިގެން އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓާގެ މަގާމަށް މުވައްޒަފުން އައްޔަނު ކުރަމުން އަންނައިރު، މިހާތަނަށް އެންމެ ގިނައިން އެމަގާމަށް މީހުން އައްޔަންކޮށްފައިވަނީ ސްޕޯޓްސް މިނިސްޓްރީއަށެވެ. އެ މިނިސްޓްރީއަށް 11 އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުން ވަނީ އައްޔަނުކޮށްފައެވެ.

މީގެ އިތުރުން އެހެން މިނިސްޓްރީތަކަށް ވެސް އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުން މިދިޔަ މަހުން ފެށިގެން އައްޔަނު ކުރަމުންދާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ސަރުކާރުން މިފަދައިން އަމަލުކުރަމުންދާއިރު، އިންތިހާބަށް ނުފޫޒު ފޯރުވުމަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރަމުންދާތީ ޓްރާންސްޕޭރެންސީއިން ވަޏި ކަންބޮޑުވުންވެސް ފާޅުކުރައްވާފައެވެ.

ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރު ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައެވެ. ނަމަވެސް އޭގެ ފަހުން އެތައް ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކޮށް މަގާމުތަކުގެ ތަފްސީލު ހަމަނުކުރުމަށް ރައީސް އޮފީހުންވަނީ ނިންމާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved