February 23, 2026
Advertisement
ފިނޭންސް މިނިސްޓަރ ޝަފީގް
ފިނޭންސް މިނިސްޓަރ ޝަފީގް / އެޑިޝަން.އެމްވީ

ދައުލަތުގެ މާލީ ހިސާބުތައް ހާމަނުކުރާތާ ތިން ހަފްތާ!

Aishath Naja
އައިޝަތު ނަޖާ
Apr 17, 2024, 02:16 AM
މާލެ ސިޓީ

ކޮންމެ ހަފްތާއަކު ގަވާއިދުން ޝާއިއުކުރާ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓު އާންމު ނުކުރާތާ ތިން ހަފްތާއަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ.

Advertisement

ދައުލަތަށް ލިބޭ އާމްދަނީ އާއި ކުރާ ހަރަދުތަކުގެ ތަފްސީލުތައް ހިމެނޭ ފިސްކަލް ރިޕޯޓް އެންމެ ފަހުން އާންމުކޮށްފައި ވަނީ މާޗް މަހުގެ 26 ގައެވެ.

އެ ރިޕޯޓްގައި މާޒް 21 އާ ހަމަޔަށް ދައުލަތުގެ މާލީ ހިސާބުތައް ހުރި އިރު އެޔަށްފަހު އަންގާރަ ދުވަހަށް 26 ދުވަސް ވަނީ ވެފައެވެ.

މަޖިލިސް އިންތިޚާބާ ދިމާކޮށް ގިނަ މަޝްރޫޢުތައް އިއުލާން ކުރަމުން ސޮއި ކުރަމުން ސަރުކާރުން ދާއިރު އެކަންކަމާ ގުޅޭ މައުލޫމާތުވެސް ސަރުކާރުން ހާމަނުކުރާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

އެންމެފަހުން ރިޕޯޓު ނިޔަލަށް އާމްދަނީ އަށް 7.8 ބިލިއަން ރުފިޔާ ލިބުނުއިރު ހަރަދުކުރީ 8.9 ބިލިއަން ރުފިޔާކަން ހާމަވެއެވެ.

ކެޕިޓަލް ހަރަދުތަކަށް ބަލާއިރު އުމްރާނީ ތަރައްގީއަށް ނުވަތަ އިންފްރާސްޓްރަކްޗާ އެސެޓްސްތަކަށް ހަރަދުކުރުން މަޑުޖެހިފައިވާ ކަމަށް އަދަދުތަކުން ދައްކަ އެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި 2.8 ބިލިއަން ރުފިޔާ ހަރަދުކުރި ނަމަވެސް މި އަހަރު ހަރަދުކުރީ 1.5 ބިލިއަން އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved