February 23, 2026
Advertisement
ފިނޭންސް މިނިސްޓަރު، ޑރ. މުހައްމަދު ޝަފީގު މަޖިލީހުގައި ވާހަކަ ދައްކަވަނީ
ފިނޭންސް މިނިސްޓަރު، ޑރ. މުހައްމަދު ޝަފީގު މަޖިލީހުގައި ވާހަކަ ދައްކަވަނީ / ދަ ޕްރެސް

ކަނޑައެޅި ބަޖެޓަށް ވުރެ ބަދަލަށް ދިން އަދަދު އިތުވެއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Apr 21, 2024, 08:40 PM
މާލެ ސިޓީ

ބަދަލުގެ ގޮތުގައި ދިނުމަށް ހަމަޖައްސާފައިވާ މިންވަރަށް ވުރެ ގިނައިން އެކަމަށް ހޭދަކޮށްފިއެވެ.

Advertisement

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްގައިވާ ގޮތުން މި މަހުގެ 11ގެ ނިޔަލަށް ދައުލަތުން ބަދަލުގެ ގޮތުގައި 107.4 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އެ މުއްދަތުގައި ބަދަލުގެ ގޮތުގައި ދޫކުރީ 99.5 މިލިއަން ރުފިޔާއެވެ

ދައުލަތުން ބަދަލުގެ ގޮތުގައި މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް 82 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ ސަރުކާރުން ބުނެފައި ވަނީ އެ ފައިސާ އަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގާފައިވާ މުއާމަލާތްތަކާ ގުޅޭ ގޮތުން ދޭން ޖެހިފައި ހުރި ފައިސާ ކަމަށެވެ.

އަދި ސަރުކާރުން ހިންގި އެއްވެސް މުއާމަލާތަކާ ގުޅިގެން މިހާގަނަށް ބަދަލުގެ ގޮތުގައި އެއްވެސް ބަޔަކަށް ފައިސާ ދޫކޮށްފައި ނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން މި މަހުގެ 9 ގައި ހާމަކޮށްފައިވެއެވެ.

ބަދަލުގެ ގޮތުގައި ދޭން މިދިޔަ އަހަރު ވެސް ބަޖެޓުގައި 101 މިލިއަން ރުފިޔާ ކަނޑައެޅި އެވެ. އެކަމަކު އަހަރު ނިމުނު އިރު ބަދަލުގެ ގޮތުގައި ދިން އަދަދު 557 މިލިއަން ރުފިޔާ އަށް އަރައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved