April 15, 2026
Advertisement
އަބްދުﷲ ނާޒިމް ނޫސްވެރިންނާއި މުޚާތަބުކުރައްވަނީ
އަބްދުﷲ ނާޒިމް ނޫސްވެރިންނާއި މުޚާތަބުކުރައްވަނީ / ރައީސް އޮފިސް

ދިރާސީ އައު އަހަރު، ވަކި މާއްދާއެއްގެ ގޮތުގައި "ދިވެހި ގައުމިއްޔަތު" ކިޔަވާދޭން ނިންމައިފި

Faina Faiz
ފައިނާ ފާއިޒް
Jan 16, 2024, 12:50 AM
މާލެ ސިޓީ

އަަންނަ ދިރާސީ އައު އަހަރު، ރާއްޖޭގެ ތައުލީމީ މަދަރުސާތަކުގައި ކިޔަވާދޭ މަންހަޖުގައި ވަކި މާއްދާއެއްގެ ގޮތުގައި "ދިވެހި ގައުމިއްޔަތު" ހިމަނައިގެން ކިޔަވާދޭން ނިންމައިފިއެވެ.

Advertisement

އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޕްރިންސިޕަލް ސެކެޓްރީ އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ނިމިދިޔަ ހަފްތާ ބޭއްވުނު ސޯޝަލް ކައުންސިލްގެ ބައްދަލުވުމުގައި ވަނީ ވަކި މާއްދާއެއްގެ ގޮތުގައި ތައުލީމީ މަދަރުސާތަކުގައި މި މާއްދާ ދަރިވަރުންނަށް ކިޔާވައިދޭން ނިންމާފައިކަމަށެވެ.

މިކަމާ ބެހޭ ކަރުދާސް ސޯޝަލް ކައުންސިލަށް ހުށަހަޅާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

މި މާއްދާ ކިޔަވާ ދިނުމުގެ މަގްސަދަކީ ގައުމިއްޔަތަށް ލޯބިކުރާ އަދި ގައުމިއްޔަތުގެ ބަހާތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމަށް، ދިވެހި ގައުމިއްޔަތު ދިރުވާ އާލާ ކުރުން ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

މި މާއްދާ އަންނަ ދިރާސީ އައު އަހަރުގެ ތައުލީމީ މަންހަޖަށް އިތުރުކުރުމަށް ވާންޖެހޭ ތައްޔާރީތައްވުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް މިހާރު ވަނީ އިރުޝާދުދީފައި ކަމަށްވެސް އާދިއްތަ ދުވަހުގެ ޕްރެސްގައި ވަނީ ބުނެފައިއެވެ.

ތައުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރުންގެ ހިތްތަކުގައި ގައުމިއްޔަތު ދިރުވާ އާލާކުރުމަށް މަދުރުސާތަކުގެ ދަންފަޅި ފެށިގެން އަންނަނީވެސް ގައުމީ ސަލާމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved