February 23, 2026
Advertisement
ރައީސް މުއިއްޒު. އިސް ވަޒީރުއާ ނައިބު ރައީސް އާ އެކު
ރައީސް މުއިއްޒު. އިސް ވަޒީރުއާ ނައިބު ރައީސް އާ އެކު / ރައީސް އޮފިސް

ސިޔާސީ ވަޒީފާތައް މަދު ނުކޮށް، އުނިކުރީ ދައުލަތުގެ މުއައްސަސާތަކުގެ ބަޖެޓުން!

Mariyam Isaadha
މަރިޔަމް އިސާދާ
May 7, 2024, 06:01 PM
މާލެ ސިޓީ

ސިޔާސީ ވަޒީފާތައް މަދު ކުރުމުގެ ބަދަލުގައި، ދައުލަތުގެ މުއައްސަސާތަކުގެ ބަޖެޓުން ފައިސާ އުނިކޮށް ދައުލަތް ހިންގަން ފައިސާ ހަމަޖައްސާކަން ހާމަވެއްޖެއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި މިގޮތަށް މިކަން ކޮށްފައިވަނީ ހަރަދުތައް ކުޑަކުރުމަށް ކަމަށް ބުނެއެވެ.

މިކަން ސަރުކާރުގެ އިދާރާތަަކަށް އަންގާފައިވަނީ، ފިނޭންސް މިނިސްޓްރީގެ ބަޖެޓް އެގްޒެކެޓިވް އާދަމް ބަދުރުﷲ ސޮއި ކުރައްވައި މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުގެ އިދާރާތަކަށް ފޮނުއްވި ސިޓީގައެވެ.

އެ ސިޓީގައި ހާމަކުރައްވާފައިވާ ގޮތުގައި، 2024 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ ޑެފިސިޓް ބޮޑު އަދި ފައިނޭންސިން ހަމަޖެއްސުމަށް ދަތި ބަޖެޓެއް ކަމަށެވެ. އެހެންކަމުން ދައުލަތުގެ ހަރަދުތައް ކުރުމަށް މަޖުބޫރުވެފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފިނޭންސުން ވަނީ، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އަދި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ބަޖެޓުން ތިން މިލިއަން ރުފިޔާ އުނިކޮށްފައެވެ.

މީގެ އިތުރުން ބައެއް މިނިވަން މުއައްސަސާތަކުގެ ބަޖެޓުން ތިން ލައްކައަށްވުރެ ގިނަ ރުފިޔާ އުނިކޮށްފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ބަޖެޓުން ގިނަ އަދަދެއްގެ ރުފިޔާ އުނިކުރުމުގެ ސަބަބުން ކޯޑް ކޮށްގެން ހިންގަން ނިންމައިފައިވާ ބައެއް ކަންކަން ކުރުމަށް ދަތިވެ އެކަމުގެ ކަންބޮޑުވުން މުއައްސަސާތަކުން ކުރަމުންދާކަމަށް ޚަބަރުތައް ފެތުރިފައިވެއެވެ.

ފިނޭންސް މިނިސްޓްރީން ގިނަ އިދާރާތަކެއްގެ ބަޖެޓް އުނިކޮށްފައިވާއިރު، މި ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންގެ މުސާރައަށް ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއް ކުރާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved