April 15, 2026
Advertisement
މާލެ ސިޓީ ކައުންސިލުން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގެ ތެރެއިން
މާލެ ސިޓީ ކައުންސިލުން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގެ ތެރެއިން / މާލެ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލްގެ ބޮޑެތި މަޝްރޫއުތައް މިނިސްޓްރީއާއި ހަވާލުކުރަން ސަރުކާރުން ނިންމައިފި

Faina Faiz
ފައިނާ ފާއިޒް
Jan 17, 2024, 10:51 PM
މާލެ ސިޓީ

މާލޭ ސިޓީ ކައުންސިލުން ހިންގަމުން އަންނަ ބޮޑެތި މަޝްރޫއުތަކުގެ ތެރެއިން 100 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ހަރަދެއް ހޭދަވާ މަޝްރޫއުތައް، ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުކުރަން ފާސްކޮށްފިއެވެ.

Advertisement

ބުދަ ދުވަހު ބޭއްވުނު ކައުންސިލުގެ ބައްދަލުވުމުގައި ވަނީ، ސިޓީ ކައުންސިލުން ފެށުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ކުރިއެރުންތައް ހިއްސާކޮށް ބައެއް ހުށަހެޅުންތަކާއި މެދު މަޝްވަރާކޮށް އެކަންކަމާއި ގުޅޭގޮތުން ލަފާ ހޯދާ ވަކި ގޮތެއް ނިންމުމަށް މަޝްވަރާކޮށްފައިއެވެ.

އެގޮތުން މަޝްރޫއުތަކާއި މެދު ލަފާދެއްވުމަށް ކުރިން ކައުންސިލްގެ ފަރާތުން މަސައްކަތް ކުރެއްވި، އަދި މިހާރު ރައީސް އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި، މުހައްމަދު ޝާހިދު ވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިއެވެ.

ސިޓީ ކައުންސިލްގެ ދަށުން ކުރިއަށް ގެންދާ ބޮޑެތި މަޝްރޫއުތައް ޕްލޭނިންގް މިނިސްޓްރީއާ ހަވާލުކުރަން ހުށަހަޅުއްވާފައި ވަނީ މިނިސްޓަރު ޝާހިދެވެ.

އެގޮތުން ކައުންސިލުން ހުށަހަޅާފައިވަނީ 100 މިލިއަން ރުފިޔާއަށް ވުރެ އަގު ބޮޑު ބައެއް މަޝްރޫއުތައް ސަރުކާރާ ހަވާލުކުރުމަށެވެ. އަދި ސަރުކާރާއި ހަވާލު ކުރުމަށް ފަހު ހަ މަސް ދުވަހުގެ ތެރޭ މި މަަސައްކަތް ނުނިމިއްޖެ ނަމަ އެ މަޝްރޫއުއެއް އަނބުރާ ކައުންސިލާއި ހަވާލުކުރުމަށްވެސް ބައްދަލުވުމުގައި ވަނީ ނިންމާފައިއެވެ.


މި ހުށަހެޅުން ފާސްވެފައިވަނީ ކައުންސިލް ބައްދަލުވުމުގެ 10 މެންބަރެއްގެ އިއްތިފާގުންނެވެ. އަދި މި ބަދަލާއި އެކު ސަރުކާރާ ހަވާލުކުރެވިގެން ދާނީ ކޮންކޮން މަޝްރޫއުތަކެއް ކަންވެސް މިހާތަނަށް ހާމަކޮށްފައިއެއް ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved