February 23, 2026
Advertisement
ދަރަނިތައް ބޮޑުވެ ރާއްޖެ ހިންގަމުންދަނީ އެކުވެރި ޤައުމުތަކުގެ އެހީގައި: މިނިސްޓަރ ޝަފީޤް
ދަރަނިތައް ބޮޑުވެ ރާއްޖެ ހިންގަމުންދަނީ އެކުވެރި ޤައުމުތަކުގެ އެހީގައި: މިނިސްޓަރ ޝަފީޤް / ސޯޝަލް މީޑިއާ

ދަރަނިތައް ބޮޑުވެ ރާއްޖެ ހިންގަމުންދަނީ އެކުވެރި ޤައުމުތަކުގެ އެހީގައި: މިނިސްޓަރ ޝަފީޤް

Aminath Zara
އައިމިނަތު ޒާރާ
May 31, 2024, 02:38 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ މާލީ ހާލަތު ދަށް ކަމަށާއި، ޚަރަދު ކުޑަކުރަން މަޖުބޫރު ވެއްޖެ ކަމަށް މާލީ ކަންކަމާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަފީޤް ވިދާޅުވެއްޖެއެވެ.

Advertisement

މިނިސްޓަރ ވިދާޅުވީ، ގައުމުގެ މާލީ ހާލަތު އޮތީ ވަރަށް ދަށުގައި ކަމަށާއި އެހެންވެ ޚަރަދު ކުޑަ ކުރުން މަޖުބޫރު ކަމަށެވެ. ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހުވެ އެމީހުންގެ ޒިންމާ އެމީހުން ފުރިހަމަ އަށް އަދާ ކުރުމުގެ މުހިންމު ކަމުގެ ވާހަކަ މިނިސްޓަރ ވަނީ ދައްކަވާފައެވެ.

މީގެއިތުރުން، ސަބްސިޑީތައް ލިމިޓްކޮށް، ފަންޑް ކުރެވެން އިނީ މުހިންމު މަޝްރޫޢުތަކަށް އެކަނި ކަމަށް މިނިސްޓަރ ފާހަގަކޮށްފައިވެއެވެ.

މިނިސްޓަރގެ ވާހަކަފުޅުން ދޭހަވީ މާލީ ހާލަތު އޮތީ ދަރަންޏައް އެއްޗެއް ހޯދަންވެސް ދާއިރު ދަރަނިދޭ ފަރާތުންވެސް ލުއި ގޮތަކަށް އެއްޗެއް ދޭ ފަދަ ހާލަތެއްގައެއް ނޫން ކަމެވެ.

ދަރަނި ބޮޑުވެ، ލޯނު އަދާކުރެވޭނެ ގޮތެއް ނެތިގެން އިންޑިޔާ އަށް އަދާކުރަންޖެހޭ ލޯނުގެ މުއްދަތުވެސް ވަނީ ވަރަށް ފަހުން އިތުރުކޮށްފައެވެ. މިހާރުވެސް ގައުމު ހިންގަމުންދަނީ އެކުވެރި ގައުމުތަކުގެ އެހީތެރިކަމާއި އެކުގައި ކަމަށް ޝަފީގް ވަނީ ފާހަގަކޮށްފައެވެ.

މާލިއްޔަތާއި ބެހޭ ވަޒީރު މިހެން ވިދާޅުވިނަމަވެސް ރައީސް ޑރ މުއިއްޒު ރާއްޖޭގެ އިޤްތިސާދު ބޮޑު އަނދަވަޅަކަށް ވެއްޓެން އުޅޭ ކަމުގެ ހިލަމެއް ވާހެން އެމަނިކުފާނުގެ ހަރަކާތްތަކުން ފާހަގައެއްނުކުރެވެއެވެ. ހުވާކުރެއްވީސުރެ ފަސްޓް ކްލާހުގައި ރާއްޖެއިން ބޭރަށް ސަރުކާރުގެ އިސްވެރިންއެކުގައި ދަތުރު ކުރުން ނޫން ކަމެއް އެމަނިކުފާނު ކުރައްވާ ތަނެއް ނޫނީ އަދި ދިވެހިންނަށް ނުފެނެއެވެ.

ދިވެހީންގެ ރާއްޖޭގައި ދިވެހިން ބިކަ ކޮށްލުމަށްފަހު ސަރުކާރުން މަޖާ ނަގަމުންދާއިރު ރާއްޖޭގެ އިޤްތިސާދީ ހާލަތަގު ނާޒުކުކަން ހަމަ ނުވިސްނެނީބާއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved