February 23, 2026
Advertisement
 މިނިސްޓަރ ޝަފީޤް
މިނިސްޓަރ ޝަފީޤް / ސޯޝަލް މީޑިއާ

މާލީ ހާލަތު ދެނެގަތުމަށް ފިނޭންސް މިނިސްޓަރު މާލިއްޔަތު ކޮމިޓީއަށް!

Aishath Naja
އައިޝަތު ނަޖާ
Jun 4, 2024, 09:08 PM
މާލެ ސިޓީ

ރާއްޖޭގެ މާލީ ހާލަތު ދެނެގަތުމަށް ފިނޭންސް މިނިސްޓަރް ޑރ. މުހައްމަދު ޝަފީގު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުމަށް ފާސްކޮށްފިއެވެ.

Advertisement

މާލިއްޔަތު ކޮމިޓީން މިނިސްޓާރ ހާޒިރުކުރަން ފާސްކުރީ މިއަދު ކުރިޔަށް ދިޔަ އެ ކޮމިޓީގެ ބައްދަލުވުމުގައެވެ.

މާލީ ހާލަތު ދެނެގަތުމަށް ވަޒީރު ހާޒިރުކުރަން ހުށަހެޅުއްވީ، މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ.

އެ ހުށަހެޅުމަށް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުން ތާއީދުކުރައްވާ ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

ނާޒިމް ވިދާޅުވީ ހާލަތު ދެނެގަނެވުމުން މަޖިލީހުން މާލީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެނގޭނެ ކަމަށާއި އެ މަސައްކަތް ލަސްކުރާނެ ވަގުތެއް ނެތް ކަމަށެވެ.

ސަރުކާރުން އަންނަނީ ފަށާފައިވާ މަޝްރޫއުތައް ހުއްޓާލަމުންގެންދާ ސަބަބަކީ "މާލީ ހާލަތު ގޯސްވުން" ކަމަށް ބުނެފައެވެ.

އެގޮތުން ބަޖެޓް ނެތަސް ކުރިޔަށް ގެންދެވޭނެ މަޝްރޫޢުއެއް ކަމަށްވާ "ރަސްމާލެ" މަޝްރޫއުވެސް ވަނީ ބަޖެޓް ތަން ނުދޭކަމަށް ބުނެ މެދުކަނޑާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved