April 18, 2026
Advertisement
ޕީިިިިިިިިިިިިީީީީީީީއެންއެފް ޏަލްސާ
ޕީިިިިިިިިިިިިީީީީީީީއެންއެފް ޏަލްސާ / ޝާވިން | ތޭރަ އިމޭޖްސް

ޕީޖީގެ ނިންމުންތަކަށް މަލީހު ފާޑުވިދާޅުވެއްޖެ

Aishath Alaina
އައިޝަތު އަލައިނާ
Jun 7, 2024, 06:21 PM
މާލެ ސިޓީ

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ނިންމުންތަކަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ކޮށްފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާތައް އަނބުރާ ގެންދިޔުމަށް ޕިޖީ އޮފީހުން ވަނީ ނިންމާފައިއެވެ.

މިކަމާއި ގުލޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވަނީ ޕީޖީގެ މިފަދަ ނިންމުންތަކުގެ ސަބަބުން ރައްޔިތުން މިފަދަ މުއައްސަސާތަކަށް އިތުބާރުކުރާނީ ކިހިނެތްކަމާއި މެދު ސުވާލު އުފައްދަވާފައިއެވެ.

މީގެ އިތުރުން ވައިޖެހޭ ކޮޅަކަށް ދީލާލާ މިފަދަ މުއައްސަސާތަކުގެ ވެރީންނަކީ ޤާނޫނު އަސާސީގެ ދުޝްމަނުންކަމަށްވެސް މަލިހު ވަނީ ތުހުމަތުކުރައްވާފައިއެވެ.

މިފަދަ ބޭފުޅުންނަކީ ވަޒީފާގެ އަޅުންކަމަށާއި، ސިޔާސީ ބޭފުޅުންގެ ތުންފުހިކަމަށްވެސް މި ޕޯސްޓުގައި މަލީހު ވަނީ ފާހަގަކުރައްވާފައިއެވެ. މިއީ މުޅި ޤައުމަށް ލަދުވެތި ދުވަހެއްކަމަށްވެސް މަލީހު ވިދާޅުވިއެވެ.

ނިހާންގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދަން ނިންމާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ގއ ވޮޑެމުލާ މައްސަލައިގައި ދަށު ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފުގެ މައްސަލާގައި 2021 ވަނަ އަހަރު ސުޕްރީމް ކޯޓުން ކުރި ހުކުމަށް ރިއާޔަތްކޮށް ބެލިއިރު، ނިހާންގެ މައްޗަށް އެ ދައުވާ ސާބިތުވާނެ ކަމަށް ނުބެލެވޭތީ ކަމަށް ބުނެ ކަމަށް ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved