April 22, 2026
Advertisement
ޢީދު މިސްކިތް
ޢީދު މިސްކިތް / މާލެ ސިޓީ ކައުންސިލް

މާލޭގެ މިސްކިތްތަކުން ވައްކަންކޮށްގެން މިއަހަރު 21 މައްސަލައެއް ރިޕޯޓުކޮށްފައިވޭ: ފުލުހުން

Mariyam Isaadha
މަރިޔަމް އިސާދާ
Jun 22, 2024, 02:05 AM
މާލެ ސިޓީ

މި އަހަރުގެ މިހާ ހިސާބަށް އައިއިރު މާލެ ސިޓީގެ މިސްކިތަކުން ވައްކަންކޮށްގެން 21 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

Advertisement

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ މައްސަލަތައް ބަލައި ތަހުގީގު ކުރުމުގެ ތެރޭގައި ގެއްލިގެން ރިޕޯޓު ކުރި ހަ ފަންކާ އާއި ދެ ފޯނުގެ އިތުުރުން ފެން މޯޓަރެއް ހޯދައި މިސްކިތްތަކާ ހަވާލު ކޮށްފައި ވާނެ ކަމަށެވެ.

މި މައްސަލަތަކުގައި ކިހާ އަދަދެއްގެ ބަޔަކު ހައްޔަރު ކުރި ކަމެއް އަދި އެ މީހުންނާމެދު އަމަލު ކުރި ގޮތެެއް އަދި އަމަލު ކުރަން ނިންމާފައިވާ ގޮތެއް ވެސް ނަމަވެސް ފުލުހުން ހާމަކޮށްފައި ނުވެއެވެ.

ފުލުހުން މިހެން ބުނެފައި ވަނީ މިދިޔަ 20 ދުވަސްތެރޭ އީދު މިސްކިތުން 10 ފަންކާ ވަގަށް ނަގާފައިވާ ކަމަށާ އެ މައްސަލަތައް ފުލުހަށް ހުށައަޅަން ތައްޔާރުވަމުންދާ ކަމަަށް މާލޭ ސިޓީ ކައުންސިލުން ރޭ ބުނެފައި ވަނިކޮށެވެ.

މިސްކިތްތަކުން ވައްކަން ކުރުން އިންތިހާއަށް އިތުރުވުމާ ގުޅިގެން މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށް މިސްކިތްތައް ބެލެހެއްޓުން އިތުުރުކުރިއެވެ.

މާލޭގައި މިފަހަކަށް އައިސް ވައްކަން އިތުރުވެފައިވާއިރު މި ސަރުކާރުން އެކަން ޖާމިނުކޮށްފައިވަނީ ކުރީ ސަރުކާރާއެވެ. އެގޮތުން މި ސަރުކާރުގައި ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާނު ވިދާޅުވެފައިވަނީ، މާލޭގައި ވައްކަންތައް އިތުރުވެފައިވާ ކަމަށް ގަބޫލުކުރާ ކަމަށާ އެކަމުގެ ސަބަބކީ ނިމިދިޔަ ސަރުކާރުން ވައްކަމުގެ ގިނަ ބޮޑުން މާލެ ތެރެއަށް ރިޔާސީ އިންތިހާބާ ދިމާކޮށް ދޫކޮށްލުން ކަމަށާ އެ މީހުން ދޫކުރީ މޮނިޓާކުރެވޭނެ ހަރުދަނާ ނިޒާމެއް ވެސް ނެތި ކަމަށްވުމުން އެކަން ހުއްޓުވަން ފުލުހުންނަށް ގޮންޖެހުންތަކެއް ވެސް ހުރި ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved