February 23, 2026
Advertisement
އެސްޓީއޯ ސުޕާރ މާކެޓް
އެސްޓީއޯ ސުޕާރ މާކެޓް / އެސްޓީއޯ

ޖީއެސްޓީ، އިމްޕޯޓް ޑިއުޓީ އަދި ގްރީން ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމައިފި

Aishath Naja
އައިޝަތު ނަޖާ
Jun 27, 2024, 02:51 AM
މާލެ ސިޓީ

ރާއްޖޭގެ ރައްޔިތުން ގަންނަ ތަކެއްޗާއި، ހޯދާ ހިދުމަތްތަކުން ނަގާ ޖީއެސްޓީ އާއި އިމްޕޯޓް ޑިއުޓީ އަދަދު ބޮޑުކުރަން ސަރުކާރުން ނިންމައިފި އެވެ.

Advertisement

ސަރުކާރުން އެކަން ހާމަކޮށްފައި ވަނީ އާދިއްތަ ދުވަހު ކެބިނެޓުން ފާސްކޮށް ބުދަ ދުވަހު ފިނޭންސް މިނިސްޓްރީން އާންމުކުރި ކުރިޔަށް އޮތް ހަތަރު އަހަރު ދުވަހު ސަރުކާރުގެ އާމްދަނީގެ ސިޔާސަތު ނުވަތަ މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީ (އެމްއެމްޓީއާރުއެސް) ރިޕޯޓްގައެވެ.

އެގޮތުން އެ ރިޕޯޓްގައި ބުނެފައިވަނީ

  • އެއާޕޯޓް ބޭނުން ކުރާ މީހުންގެ އަތުން މިހާރު ނަގަމުން އަންނަ ފީތަކާއި ޓެކްސްތައް ބޮޑުކުރުން
  •  މިހާރު އިމްޕޯޓް ޑިއުޓީ ނުނަގާ ބައެއް ތަކެތިން އިމްޕޯޓް ޑިއުޓީ ނަގަން ފެށުން

އޭގެއިތުރުން އާމްދަނީ އިތުރުކުރުމަށް އެންމެ ބޮޑެތި ފިޔަވަޅުތައް އަޅަން ނިންމާފައިވަނީ އަންނަ އަހަރު ތެރޭގައިއެވެ.

އެގޮތުން އަޅާނެ ފިޔަވަޅުތަކަކީ:

  • ގްރީން ޓެކްސް ބޮޑުކުރުން
  • ޖީއެސްޓީ ނަގާ ތަކެތި އިތުރުކުރުމާއި ޖީއެސްޓީ ބޮޑުކުރުން
  • އިމްޕޯޓް ޑިއުޓީ ނަގާ ރޭޓްތައް ބޮޑުކުރުން
  • ޓެލެކޮމް އޮޕަރޭޓަރުންގެ ހިދުމަތްތަކުން ނަގާ ފީތައް ބޮޑުކުރުން
  • ރިސޯޓް ކުއްޔާއި ޓޫރިޒަމް ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުގެ ކުލި ބޮޑުކުރުން
  • ރަލާއި، ދުންފަތް އަދި އޫރުމަސް ފަދަ ހާއްސަ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުން ނުވަތަ އެ ސިޔާސަތަށް ބަދަލުތަކެއް ގެނައުން

އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތައް އަޅަން ސަރުކާރުން ނިންމީ ދައުލަތުގެ ހަރަދުތަައް ހަމަޖެއްސުމަށް ބޭރުގެ ފަރާތްތަކަށް ބަރޯސާވާވުން ކުޑަކުރުމަށް ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved