March 11, 2026
Advertisement
އެމްޑީޕީ ނޫސްވެރިންގެ ބައްދަލުވުމުގައި
އެމްޑީޕީ ނޫސްވެރިންގެ ބައްދަލުވުމުގައި / ތޭރަ އޮންލައިން

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ކުރާ ހޭދަ 63 އިންސައްތަ މައްޗަށް: އަމީރު

Aminath Zara
އައިމިނަތު ޒާރާ
Jun 30, 2024, 07:47 PM
މާލެ ސިޓީ

މިދިޔަ އަހަރަށްވުރެ މި ސަރުކާރުން ހިއްސާވާ ކުންފުނިތަކުން މުވައްޒަފުންނަށް މުސާރަ ދިނުމަށް ކުރަމުންދާ ހޭދަ 63 އިންސައްތަ އިތުރުވެފައިވާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

Advertisement

އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ވާހަކަދައްކަވަަމުން އަމީރު ވިދާޅުވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކުންފުނިތަކުގެ ޕޭރޯލަށް ހަރަދުކުރަމުންދިޔަ އަދަދާއި މިހާރު ހަރަދު ކުރަމުންދާ ވަރު އިތުރުވެފައިވާ ކަމަށެވެ.

މީގެ މައިގަނޑު ސަބަބެއް ކަމުގައި އަމީރު ފާހަގަކުރެއްވީ ސިޔާސީ މަގާމުތައް މި ސަރުކާރުގައި ގިނަ ވުމުން ކަމުގައެވެ.

އަމީރު ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިދިޔަ އަހަރު ނިމުނުއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަށް މަހަކު ހޭދަކުރަމުންދިޔައީ 429 މިލިއަނެވެ. އެ އަދަދު މިހާރު ވަނީ 63.4 މިލިއަނުން އިތުރުވެ 492.4 މިލިއަން ރުފިޔާއަށް އަރާފަ އެވެ.

އެހެންކަމުގެ އަހަރެއްގެ ތެރޭ މުސާރައަށް 5.148 ބިލިއަން ހަރަދުކުރި ނަމަވެސް މިއަހަރުގެ ތެރޭ އެ އަދަދު 5.908 ބިލިއަން ހަރަދު ކުރާނެ އެވެ. ކުންފުނިތަކުގެ މުސާރަ ބިލު އަހަރެއްގެ މައްޗަށް 760 މިލިއަން ރުފިޔާއިން ވަނީ އިތުރުވެފަ އެވެ.

ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ނިންމާފާވާއިރު ޓެކްސްގެ ރޭޓްތައްވެސް ބޮޑުކުރަން ސަރުކާރުން ވަނީ ނިންމާފާއެވެ. މާލީ ހާލަތު ގޯސްވެ މިފަދަ ފިޔަވަޅުތައް އަޅަން ސަރުކާރުން ނިންމަވާފައިވާއިރު، ދައުލަތުގެ ޚަރަދުގައި މިނިސްޓަރުން އަދިވެސް ގެންދަވަނީ ބޭރު ގައުމުތަކަށް ރަސްމީ ދަތުރުފުޅުތައް ކުރައްވަމުންކަން ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved