February 24, 2026
Advertisement
ފިނޭންސް މިނިސްޓަރ ޝަފީގް
ފިނޭންސް މިނިސްޓަރ ޝަފީގް / އެޑިޝަން.އެމްވީ

އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރި މިންވަރު 4.9 ޕަސެންޓަށް ދަށްކޮށްފި

Aishath Naja
އައިޝަތު ނަޖާ
Jul 8, 2024, 01:59 AM
މާލެ ސިޓީ

މި އަހަރު އިގްތިޞާދު ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި މިންވަރު 4.9 ޕަސެންޓަށް ދަށްކޮށްފިއެވެ.

Advertisement

ފިނޭންސް މިނިސްޓްރީން ނެރެފައިވާ މިދިޔަ މަހުގެ މެކްރޯ އިކޮނޮމިކް އަޕްޑޭޓުގައި ބުނާގޮތުން އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ 4.9 ޕަސެންޓަށެވެ.

މެކްރޯ އިކޮނޮމިކް އަޕްޑޭޓުގައި އޭގެ ސަބަބެއް ކަމަށް ބުނީ ކުރިން އަންދާޒާ ކުރި ވަރަށް ވުރެ ޓޫރިޒަމާއި އިމާރާތް ކުރުމުގެ ދާއިރާ މަޑުޖެހިފައިވާތީއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން އެކަން އެހެން ދިމާވީ އިންޑިއާއިން ޓޫރިސްޓުން އަންނަ މިންވަރު ވަރަށް ބޮޑަށް ދަށްވުމާއި، ރިސޯޓްތަކުގައި ޓޫރިސްޓުން ހޭދަކުރާ މުއްދަތާއި އަދި ރިސޯޓްތަކަށް އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުމުންނެެވެ.

އިމާރާތް ކުރުމުގެ ދާއިރާއަށް މަޑުޖެހުން އައިސްފައި ވަނީ ގައުމުގެ އިގްތިސާދީ ހާލަތާ ގުޅިގެން ސަރުކާރުން އަޅަން ފަށާފައިވާ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ޕީއެސްއައިޕީ މަޝްރޫއުތައް މަޑުޖައްސާލުމާއި ގުޅިގެން ކަމަށް ރިޕޯޓްގައި ވެއެވެ.

މިއަހަރަށް ލަފާކޮށް މަޖިލީހަށް ހުށައެޅި ބަޖެޓްގައި ރާއްޖޭގެ އިގުތިސޯދު 5.5 ޕަސެންޓަށް ކުރިއަރާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved