March 11, 2026
Advertisement
ފާރު ރާނާފައި ހުރި ގެ ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ
ފާރު ރާނާފައި ހުރި ގެ ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ / ވަގުތު.އެމްވީ

ފާރު ތަޅާލާ މީހުން ނެރެފި، އާއިލާއިން ބުނަނީ އިދާރާތަކުގެ އެއްބާރުލުން އެންމެ އެކަށީގެންވާ ގޮތަށް ނުލިބޭ ކަމަށް!

Mariyam Isaadha
މަރިޔަމް އިސާދާ
Jul 12, 2024, 10:22 PM
މާލެ ސިޓީ

މާލޭ ގަލޮޅު އަވަށުގައި ހުންނަ ގެއަކުން މީހުންނަށް ވަދެނިކުމެ ނުވެވޭ ގޮތަށް ރޭނި ފާރު ރޭ ތަޅާލާ އެތެރޭގައި ތާށިވެފައި ތިބި މީހުން ނެރެފިއެވެ.

Advertisement

ހ. ހުދުފިނިފެންމާގޭގައި މީހުން ތިއްބައި، އެ ގޭގެ ދޮރު ބަންދުވާ ގޮތަށް ވަށާފާރެއް ރާނާ އެގޭގައި ދިރިއުޅެމުން ދިޔަ މީހުން ގޭތެރޭގައި ތާށިކޮށްލާފައިވަނީ އިއްޔެރޭ އެމީހުން ނިދާފައި ތިއްބައެވެ. އެ ފާރު ރާނާފައިވާކަން އެނގުނީ އިއްޔެ ހެނދުނު އެގޭ މީހުން ނިދާ ހޭލައިގެން ގެއިން ނުކުންނަން އުޅުމުންނެވެ. އެގޮތުން އެ ބަޔަށް ވަދެ ނުކުމެވޭ ގޮތަށް ހުރި ދޮރު ގޯޅިތެރެއަށް ވާހެން ފާރެއް އުސްކޮށްރާނާ ބަންދުކުރީ އެގޭގެ އެއްބައި އެގޭ ވެރިމީހާއަށް ސިއްރުން ރަޖިސްޓްރީކޮށްގެން އުޅޭ މީހެއްކަމަށް އެގޭގެ ވެރިމީހާގެ މާމަ ދަރިފުޅަކުވަނީ ތުހުމަތުކޮށްފައެވެ.

އެ ފިރިހެން މިހާ ކިޔައިދިން ގޮތުގައި ހުދުފިނިފެންމާގެއަކީ އޭނާގެ މާމަގެ ނަމަވެސް މީގެ 25 އަކަށް އަހަރު ކުރިން މާލޭ މުނޖިސިޕަލްޓީގައި އުޅޫނު މީހަކު ވަނީ މާމައަށް ވަގަށް ގޭގެ އެއްބައި އޭނާގެ އަމިއްލަ ނަން މައްޗަށް ރަޖިސްޓްރީކޮށްފައެވެ. އަދި އެ ފާޜު ނުރޭނިގެން އެމީހަކު އުޅޭތާ މިހާރު ދުވަސްވެސް ވެއްޖެއެވެ. އަދި ފާރު ރާނާނެކަމުގެ އިންޒާރުވެސް އެތައް ފަހަރެއްގެ މަތިން ދީފައިވެއެވެ.

ފާރެއް ރާޅާ ތުއްތު ކުދިންނާ އުމުރުން ދުވަސްވީ މީހަކުވެސް ގެއެއްގެ ތެރޭގައި ތާށިކޮށްލާފައިވަނިކޮށް އޭގެ އެތައް އިރެއް ފަހުން ފުލުހުންނާ ސިޓީ ކައުންސިލުން ގޮސްވަނީ އެގެއަށް ވަދެ ނުކުމެވޭނެ ހެން ފާރު ތަޅާލާފައެވެ. ނަމަވެސް ގޭގައި ދިރިއުޅެމުން ދިޔަ ފަރާތަކުން ބުނެފައިވަނި އިދާރާތަކުގެ އެއްބާރުލުން އެންމެ ރަގަޅަށް ލިބުނުކަމަށް ނުބުނާނެ ކަމަށެވެ. އެއީ އެމީހުން ހެނދުނުއްސުރެ އެތަނުގައި ތާށިވެފައި ތިބިއިރު އެތަނުން އެމީހުން ނެރުމަށް އެންމެ ފުރަތަމަވެސް ފުލުހުން އައިސްފައިވަނި ރޭގެ ވަގުތެއްގައި ކަމަށާ އެހެންކަމުން ތުއްތު ކުދިން މި ކަމުގައި ހިމެނޭއިރު އެއީ ދައުލަތުގެ އިދާރާތަކުން އެކަމަށް އެޓެންޑްވާންޖެހޭ އިރުނޫން ކަމަށްވެސް ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved