February 23, 2026
Advertisement
މާލީ ވަޒީރު ޝަފީގު
މާލީ ވަޒީރު ޝަފީގު / އެޑިޝަން.އެމްވީ

މާލީ ހިސާބު އާއްމުނުކުރާތާ ތިން ހަފްތާ!

Aishath Naja
އައިޝަތު ނަޖާ
Jul 14, 2024, 11:26 PM
މާލެ ސިޓީ

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު ނެރޭ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓް ނުނެރޭތާ ތިން ހަފުތާ ވެއްޖެކަން ހާމަވެއްޖެއެވެ.

Advertisement

އެ ވުޒާރާއިން އެންމެ ފަހުން އެ ރިޕޯޓް ނެރެފައިވަނީ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ.

ދައުލަތުގެ މާލީ ހިސާބުތައް އާންމުނުކުރާތީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ގަވައިދުން ޝާއިއުކުރަމުން ދިޔަ މާލީ ހާލަތާ ގުޅޭ ރިޕޯޓުތައް މިހާރު ސިއްރުކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްކަމަށް ސަރުކާރުން ބުނަމުން އަންނަ އިރު ސަރުކާރުން ކުރާ ބޭކާރު ޚަރަދުތައް އަދިވެސް ހުއްޓާލާފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved