February 23, 2026
Advertisement
ފިނޭންސް މިނިސްޓަރ ޝަފީގް
ފިނޭންސް މިނިސްޓަރ ޝަފީގް / އެޑިޝަން.އެމްވީ

މާލީ ހިސާބުތައް އާންމު ނުކުރާތާ 50 ދުވަސްވެއްޖެ

Aishath Naja
އައިޝަތު ނަޖާ
Aug 10, 2024, 05:46 PM
މާލެ ސިޓީ

ދައުލަތުގެ މާލީ ހިސާބުތަކުގެ ރީކޮންސިލިއޭޝަން މަސައްކަތް ނިންމުމަށް ފަހު މިދިޔަ މަހުގެ ފަހު ހަފުތާގެ ތެރޭގައި އާންމުކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނުމަށް ފަހު އެ ތާރީހަށް ވެސް ހިސާބުތައް އާންމު ނުކުރާކަން ހާމަވެއްޖެއެވެ.

Advertisement

ފިނޭންސުން ވީކްލީ ފިސްކަލް ރިޕޯޓެއް އެންމެ ފަހުން އާންމުކޮށްފައި ވަނީ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ.

އެއީ މީގެ 50 ވަރަކަށް ދުވަސް ކުރިން ކަން ފާހަގަކޮށްލެވެއެވެ.

މާލީ ހިސާބުތައް އާންމު ނުކުރުމުގެ އިތުރުން މި ފަހުން ފިނޭންސް މިނިސްޓްރީން ކަންކަން ކުރަމުން އަންނަނީ މާލީ ހާމަކަމުގެ އަސާސާ ދިމާ އިދިކޮޅަށެވެ.

އެގޮތުން މެދު ރާސްތާގެ ފިސްކަލް އިސްތިރާޖު (ސްޓްރެޓަޖީ) ބަޔާނާއި ދަރަނީ އިސްތިރާޖު ބަޔާން ސިއްރިއްޔާތުގައި މަޝްވަރާކުރަން ރައްޔިތުންގެ މަޖިލީހުގައި އެދުމެވެ.

ފިނޭންސް މިނިސްޓްރީން އެދުމުން މި ބަޔާންތައް މަޝްވަރާކުރަން ބާއްވާ ކޮމިޓީ ސިއްރުކުރަން މާލިއްޔަތު ކޮމިޓީން ވަނީ ރުހުންދީފަ އެވެ.

އެހެން ނަމަވެސް މިއީ 2018 އިން ފެށިގެން ގަވާއިދުން ފިނޭންސުގެ ވެބްސައިޓުގައި އެންމެނަށް ފެންނާނެހެން އާންމުކުރަމުން އައި ރިޕޯޓުތަކެއް ކަމުން މި ރިޕޯޓްތައް ސިއްރު ކުރުމާ ގިނަ ބަޔަކު އަންނަނީ ދެކޮޅު ހަދަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved