ރާއްޖެއަށް މިހާރު ކުރަމުންދާ ވިިއްސާރާގައި މާލެ ސަރަހައްދަށް ބޯކޮށް ވާރެވެހުމުގެ ސަބަބުން ގްރޭޓާ މާލެ ސަރަހައްދުގެ މާލެ، ވިލިމާލެ އަދި ހުޅުމާލެ ސްކޫލުތައް ބަންދުކުރަން ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މާލެ ސަރަހައްދަށް ބޯކޮށް ވާރެވެހުމުގެ ސަބަބުން ގްރޭޓާ މާލެ ސަރަހައްދުގެ ސްކޫލުތައް މާދަމާ ބަންދުކުރުމަށް ވަނީ ނިންމާފައެވެ.
ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި މިއަދު މާލެއަށް ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ސްކޫލުތަކުގެ މެންދުރުފަހުގެ ދަންފަޅީގެ ކިޔެވުން ވަނީ ކެންސަލްކޮށްފަ އެވެ.
މިއަދު ކުރި ވިއްސާރައިގައި މާލޭގެ ބޮޑު ބައެއްގައި ފެންބޮޑުވެފައިވާއިރު، ފެން ހިއްކުމުގެ މަސައްކަތް ފުލުހުންނާއި ސިފައިންނާއި މާލޭ ސިޓީކައުންސިލުން ގެންދަނީ ކުރަމުން ކަން ފާހަގަކޮށްލެވެ އެވެ.