February 23, 2026
Advertisement
ފިނޭންސް މިނިސްޓަރ ޝަފީގް
ފިނޭންސް މިނިސްޓަރ ޝަފީގް / އެޑިޝަން.އެމްވީ

ފާޑުކިޔުންތައް އަމާޒުވުމާއި ގުޅިގެން، ފިސްކަލް އަދި ދަރަނީގެ ބަޔާން މަޝްވަރާކުރާ ކޮމިޓީ ސިއްރެއް ނުކުރި

Aishath Naja
އައިޝަތު ނަޖާ
Aug 14, 2024, 06:09 PM
މާލެ ސިޓީ

ފިސްކަލް އަދި ދަރަނީގެ ސިޔާސަތު އަންގައިދޭ ބަޔާން މަޝްވަރާކުރަން ބާއްވާ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރުކުރަން އެދިފައި ނުވާނެ ކަމަށް އެ ކޮމިޓީގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.

Advertisement

ފިނޭންސް މިނިސްޓްރީގެ ވެރިން ހާޒިރުކޮށްގެން ބާއްވާ މި ކޮމިޓީ ސިއްރުކުރަން ފިނޭންސުން އެދުނު ކަމަށް އެ ކޮމިޓީގެ މުގައްރިރު، މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އޮގަސްޓު 6 ވަނަ ދުވަހުގައި އޮތް ބައްދަލުވުމުގައި ވަނީ ވިދާޅުވެފަ އެވެ.

އަދި, ވޯޓެއް ނެގުމަށް ފަހު ކޮމިޓީން ސިއްރުކުރުމަށް ވެސް ނިންމި އެވެ.

އެހެން ނަމަވެސް މިއަދު އެ ބަޔާންތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުން ފެށުމާއެކު ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވަނީ ހުޅުވާލައިގެން ކޮމިޓީ ކުރިއަށްގެންދަން ހުށަހަޅުއްވާފަ އެވެ.

އެ ގޮތަށް ފާސްވީ ފަސް މެމްބަރުންގެ ވޯޓާއެކު އެވެ.

އެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޝަފީގު ވިދާޅުވީ އެ ބަޔާން ކޮމިޓީއަށް ފޮނުވި އިރު ސިއްރު ކުރުމުގެ އެއްވެސް ނިޔަތެއް ނެތެވެ.

އަދި, އެ މައުލޫމާތުތަކަކީ ގެޒެޓުކޮށް އާންމުންނަށް ފެންނާނެ ގޮތަށް ހުންނަ މައުލޫމާތު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ކޮމިޓީގެ މުގައްރިރު ދެއްކެވި ވާހަކަައަކާ މިނިސްޓަރުގެ ވާހަކައަކާ ދިމަލެއް ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved