އައިޖީއެމްއެޗްގެ ނަރުހެއްގެ މަސްތުވާތަކެތީގެ މައްސަލައެއް ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އައިޖީއެމްއެޗްގެ ނަރުހެއްގެ މަސްތުވާތަކެތީގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން ދާކަމަށެވެ.
މި މައްސަލައިގެ އިތުރު ތަފްސީލް ފުލުހުން މިހާތަނަށް ހާމަކޮށްފައި ނުވާއިރު ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކޮށްފައިވާކަމަށް ވެސް ނުވަތަ ނުކުރާކަމެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މިކަމާބެހޭ ގޮތުން އައިޖީއެމްއެޗުން ވެސް ރަސްމީކޮށް މަޢުލޫމާތެއް ހާމަ ކޮށްފައެއް ނުވެއެވެ.