February 22, 2026
Advertisement
އެމްއެމްއޭ
އެމްއެމްއޭ / ސޯޝަލް މީޑިއާ

ޔޫޒަބަލް ރިޒާވް ހުސްވެދާނެކަމުގެ ބިރު، ކުންފުނިތަކުން ބޭރު ފައިސާ އެތެރެވާނެ ގޮތަށް އަމަލުކުރުމަށް އެދިއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Aug 18, 2024, 05:31 PM
މާލެ ސިޓީ

ދައުލަތުގެ ރަސްމީ ބޭރު ފައިސާގެ ރިޒާވް ހުސްވެދާނެކަމުގެ ކަންބޮޑުވުން މަރުކަޒީ ބޭންކު އެމްއެމްއޭއިން ފާޅުކުރުމާއެކު ދައުލަތުގެ ކުންފުނިތަކުން ބޭރު ފައިސާ އެތެރެވާނެ ގޮތަށް އަމަލުކުރުމަށް އެދިއްޖެއެވެ.

Advertisement

ފިނޭންސް މިނިސްޓްރީން ދައުލަތުގެ ބައެއް ކުންފުނިތަކަށް ވަނީ ސިޓީ ފޮނުވާފައެވެ. އަދި އެ ސިޓީއާއެކު އެ މިނިސްޓްރީއަށް އެމްއެމްއޭއިން ފޮނުވާފައިވާ ސިޓީއެއްގެ ކޮޕީއެއް އެއް ކަރުދާސްކޮށް ފޮނުވާފައިވެއެވެ.

ފިނޭންސް މިނިސްޓްރީން ކުންފުނިތަކަށް ފޮނުވި ސިޓީތަކުގައި ބުނެފައިވަނީ ޖުލައި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުރީ 365.44 މިލިއަން ޑޮލަރު ކަމަށެވެ. އަދި އެ މުއްދަތުގައި ބޭނުންކުރެވޭ ރިޒާވް 21.97 މިލިއަން ޑޮލަރަށް ވެއްޓިފައިވާ ކަމަށެވެ.

މަރުކަޒީ ބޭންކުން ލަފާކުރާ ގޮތުގައި ޖުލައި މަސް ނިމޭއިރު ރިޒާވްގެ ތެރެއިން ބޭނުންކުރެވޭ ގޮތަށް ހުރި ފައިސާގެ އަދަދު 17.7 މިލިއަން ޑޮލަރަށް ދަށްވާނެއެވެ. އަދި އެ އޮތޯރިޓީން ލަފާކުރާ ގޮތުގައި އޯގަސްޓު މަހުގައި ޔޫޒަަބަލް ރިޒާވް އެކީ ހުސްވުމުގެ ފުރުސަތު ބޮޑެވެ.

ޖޫން މަހުގެ ހިސާބުތަކަށް ބަލާއިރު ޖުމްލަ ރިޒާވްއަކީ 509.2 މިލިއަން ޑޮލަރެވެ. އަދި ބޭނުންކުރެވޭ ރިޒާވްއަކީ 66.9 މިލިއަން ޑޮލަރެވެ.

އެމްއެމްއޭގެ ސިޓީއާއެކު ފިނޭންސް މިނިސްޓްރީން ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ބޭރު ފައިސާއިން އާމްދަނީ ލިބޭ ކުންފުނިތަކަށް ފޮނުވި ސިޓީގައި އެދިފައިވަނީ ޑޮލަރުން މުސާރަ ދިނުން ފަދަ ކަންކަން ހުއްޓައިލުމަށެވެ.

އޭގެ އިތުރަށް ބޭރު ފައިސާގެ އާމްދަނީ އެމްއެމްއޭ މެދުވެރިކޮށް މާރުކުރުމަށާ މާލިއްޔަތު ގަވާއިދާއި ގާނޫނުގެ އިމުގެ ތެރޭގައި ބާރު ފައިސާގެ މުއާމަލާތްތައް ހިފަހެއްޓުމަށް ވެސް ފިނޭންސުން ކުންފުނިތަކަށް އިލްތިމާސްކޮށްފައިވެއެވެ.

ޔޫޒަބަލް ރިޒާވަކީ ބޭރު ފައިސާގެ ބާޒާރު މެނޭޖުކުރުމަށް މަރުކަޒީ ބޭންކަށް ބޭނުންކުރެވޭ ގޮތަށް ހުންނަ ފައިސާއެވެ. އަދި އެއީ ރާއްޖެއަށް ބޭނުންވާ ތެލާއި ކާޑުގެ ބާވަތްތައް އެތެރެކުރުމަށް ބޭނުންޖެހޭ ހާލަތުގައި ބޭނުންކުރެވޭ ގޮތަށް ހުންނަ ފައިސާއެވެ.

ކޮމެންޓު
ކޮމެންޓްތައު
Keekuraa nameh
Aug 18, 2024, 06:36 PM
Thee thw sarukaaru hingumakeeee Kiyaaeh numiyaa eh neygey Adhives 2000 haaheh haa ciyaac botun vadhaalaa 25000 musaara dheefa v salaan muizooo "" kuriah othy council inthihaab hurihaa ehmen puph kudgin kadaa votulun muhinm
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved