February 22, 2026
Advertisement
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ / ސޯޝަލް މީޑިއާ

މާކެޓުގައި ރާއްޖޭގެ ސުކޫކުގެ އަގު ވަރަށް ބޮޑަށް ވެއްޓިއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Sep 5, 2024, 04:18 AM
މާލެ ސިޓީ

މާކެޓުގައި ރާއްޖޭގެ ސުކޫކުގެ އަގު ވަރަށް ބޮޑަށް ވެއްޓިއްޖެއެވެ.

Advertisement

ރާއްޖޭގެ ދަރަނީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ ސުކޫކުގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ހާމަކޮށްފައިވަނީ، ވިޔަފާރީގެ ހަބަރުތައް ގެނެސްދޭ ދުނިޔޭގެ މަޝްހޫރު ނޫސް ބްލޫމްބާގްގައެވެ.

އެ ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރާއްޖޭގެ ސުކޫކުގެ އަގު ވެއްޓިފައިވަނީ ބޭރު ފައިސާ ލިބުން ދަތިވެފައިވާތީ އާއި ލޯންތައް ދެއްކިދާނެ ކަމަށް އޮތް ޔަގީންކަން ކުޑަވެފައިވާތީ ކަމަށެވެ. ނަމަވެސް ރާއްޖޭގެ އެއްވެސް ސްކޫކެއް އަދި މިހާތަނަށް ޑިފޯލްޓްވެފައެއް ނުވެއެވެ.

ރާއްޖޭގެ ސްކޫކެއްގެ އަގު ސްޓޮކް މާކެޓްގައި މިވަގުތު ހުރީ ޑަބަލް ޑިޖިޓުގެ ވެއްޓުމަކާ އެކު 70 ސެންޓުގައެވެ. ރާއްޖޭގެ ސްކޫކް ސްޓޮކް މާކެޓްގައި ލިސްޓް ކުރި ފަހުން 2022 ވަނަ އަހަރަށް ފަހު މިހާ ބޮޑަށް އަގު ވެއްޓުނު މިއީ ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ ސުކޫކުގެ އަގު ވެއްޓިފައި މިވަނީ ރާއްޖެ އިން 2026 ވަނަ އަހަރު ސްކޫކަށް އެއްކޮށް ފައިސާ ދައްކަންޖެހިފައި ވަނިކޮށެވެ.

ކްރެޑިޓް ރޭޓިން ކަނޑައެޅުމުގައި މުޅި ދުނިޔޭގައިވެސް އެންމެ ފާހަގަކުރެވެ ކުންފުނި -- ފިޗް ރޭޓިންގައި ވެސް މިދިޔަ ޖޫން މަހުގެ ތެރޭގައި ރާއްޖެއަށް އޭގެ ކުރިން ދީފައިވާ "ބީ މައިނަސް"ގެ ރޭޓިން "ސީސީސީ ޕްލަސް"އަށް ވަނީ ދަށްކޮށްފަ އެވެ. ފިޗުން ރާއްޖޭގެ އިގްތިސާދީ ހާލަތު ދިރާސާކުރުމަށްފަހު ރާއްޖޭގެ ރޭޓިން "ސީސީސީ ޕްލަސް"އަށް ދަށްކުރީ ފާއިތުވި ތިން އަހަރު ރާއްޖޭގެ ރޭޓިން އެއްވަރެއްގައި ހިފެހެއްޓުމަށްފަހުއެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު މިވަގުތު ރިޒާވްގައި ހުރީ 395 މިލިއަން ޑޮލަރެވެ. މީގެތެރެއިން ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 45 މިލިއަން ޑޮލަރެވެ.

ރާއްޖޭގެ ރިޒާވަށް ބުރަ ބޮޑުވެފައިވާތީ އިންޑިއާގެ ސެންޓްރަލް ބޭންކް ނުވަތަ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީއެއް ހަމަޖެއްސުމަށްވެސް މިހާރު ދަނީ މަސައްކަތްތަކެއް ކުރަމުންކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved