April 9, 2026
Advertisement
މޫޑީސް
މޫޑީސް / ސޯޝަލް މީޑިއާ

މޫޑީސް އިން ވެސް ރާއްޖޭގެ ކްރެޑިޓް ރޭޓިން ޑައުންގްރޭޑްކޮށްފި

Aishath Naja
އައިޝަތު ނަޖާ
Sep 11, 2024, 10:04 PM
މާލެ ސިޓީ

ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީސް އިން ވެސް ރާއްޖޭގެ ކްރެޑިޓް ރޭޓިން ޑައުންގްރޭޑް ކޮށްފިއެވެ.

Advertisement

މޫޑީސް އިން ރާއްޖެ ޑައުންގްރޭޑް ކުރީ ސީއޭއޭ-2 އަށްކަން ފާހަގަކޮށްލެވެއެވެ.

އަދި މޫޑީސް ރޭޓިންގައި ރާއްޖެ މިހާރު އޮތީ "ނޮން-އިންވެސްޓްމެންޓް" ގްރޭޑުގައެވެ.

ބޭރުގެ ޚަބަރުތަކުގައި ވާގޮތުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށް ކުރުމަށްފަހު މޫޑީސް އިން ވަނީ ދިވެހިރާއްޖެ އިތުރަށް ޑައުންގްރޭޑްވޭތޯ ބެލުމަށް ރިވިއުއަށް ލައިފަ އެވެ.

މާލީ ހާލަތު ރަނގަޅުނުވާ ނަމަ އަދި އިތުރު ޑައުންގްރޭޑެއް އައުން ވެސް އެކަށީގެންވެ އެވެ.

މީގެ ކުރިން މޫޑީސްގެ ރޭޓިންގައި ރާއްޖެ އޮތީ ސީއޭއޭ-1 ގަ އެވެ. އެއީ އޭގެ ކުރިން ވެސް އޮތް ރޭޓިން ޖޫން 27، 2024، ގައި ދެމެހެއްޓުމުންނެވެ.

ދާދި ފަހުން ފިޗުން ވެސް ރާއްޖޭގެ ކްރެޑިޓް ރޭޓިން ވަނީ ދަށްކޮށްފައެވެ.

ފިޗުން ރާއްޖޭގެ ރޭޓިން ދަށް ކުރީ ސީސީއަށެވެ. އެއީ ދަރަނި ނުދެއްކިދާނެކަމުގެ ބިރު އޮތުމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved