އެކްސިޑެންޓާއި ގުޅިގެން ދައުވާ އުފުލާފައިވާ ތިން މީހުން. / ޕީޖީ އޮފީސް
ހަބަރު
އިކްރާމްގެ މައްޗަށް ހަ ދައުވާއެއް!
Aishath Naja
އައިޝަތު ނަޖާ
10 އޮކްޓޯބަރު 2024
މާލެ ސިޓީ

ހުޅުމާލެ ވިނަރެސް ފުލެޓުތައް ކައިރީ ޖުލައި 31، ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ދުއްވި މީހާގެ މައްޗަށް ދައުލަތުން ހަ ދައުވާއެއް އުފުލައިފި އެވެ.

މި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާކުރުމަށް ފުލުހުންގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވެ އެވެ. އެއީ ހ. ނޫރަންމާގެ، އިކްރާމުއްރަހުމާން އާއި މ. ލޭންޑް އޮފް ގާޑަން އިބްރާހިމް އިކްރާމްގެ އިތުރުން ގއ. ކަނޑުހުޅުދޫ، އާޒާދުގެ، ޖިނާހު އިސްމާއީލް އެވެ.

ކާރު ދުއްވަން އިން އިކްރާމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކަކީ؛

  • އަނިޔާއެއް ދިނުން

  • މީހަކު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ސަބަބުން މީހަކަށް އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވުން

  • މުދަލަށް ގެއްލުން ދިނުން

  • އެކްސިޑެންޓްވުމުން އެކަމުގެ ރިޕޯޓު ނުކުރުން

  • އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށްނުދިނުން

ދައުވާތަށް ކުރުމަށް ފުލުހުންގެ ފަރާތުން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ސެޕްޓެމްބަރު 14 ގަ އެެވެ.

މި މައްސަލައިގެ އަޑުއެހުމެއް މިއަދު ތާވަލުކުރި ނަމަވެސް ފަހުން އިދާރާއިން ވަނީ އެ އަޑުއެހުން ކެންސަލްވެފައިވާ ކަމަށް އަންގައިފަ އެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved