February 24, 2026
Advertisement
މިނިސްޓަރ މޫސާ ޒަމީރު އާ ރައީސް މުއިއްޒު
މިނިސްޓަރ މޫސާ ޒަމީރު އާ ރައީސް މުއިއްޒު / ސޯޝަލް މީޑިއާ

ރާއްޖެއިން މާލީ ހިސާބުތައް ހާމަނުކުރާތީ ވޯލްޑް ބޭންކުން ކަންބޮޑުވުން ފާޅުކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Oct 11, 2024, 06:50 PM
މާލެ ސިޓީ

ދިވެހިރާއްޖެއިން އާމްދަނީ އާ ހަރަދުގެ ހިސާބުތައް ހާމަނުކުރާތީ ވޯލްޑް ބޭންކުން ކަންބޮޑުވުން ފާޅުކޮށްފިިއެވެ.

Advertisement

ދައުލަތުގެ އާމްދަނީ އާ ހަރަދުތައް ހިމަނައިގެން ފިނޭންސް މިނިސްޓްރީން ގަވާއިދުން ޝާއިއުކުރަމުން އައި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުތައް އާންމުނުކުރާތީ ވޯލްޑް ބޭންކުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ، "މޯލްޑިވްސް ޑިވެލޮޕްމަންޓު އަޕްޑޭޓް: ސީކިން ސްޓެބިލިޓީ އިން ޓާބިއުލެންޓް ޓައިމްސް" ރިޕޯޓުގައެވެ.

ޖޫން މަހުގެ 20 ވަނަ ދުވަހުން ފެށިގެން، ރިކޮންސިލިއޭޝަން މަސައްކަތްތަކުގެ ސަބަބުން ކަމާ ބެހޭ ފަރާތްތަކުން ފިސްކަލް ސްޓެޓިސްޓިކްސް އާންމުކޮށްފައި ނުވާތީ، މުޅި އިގުތިސޯދީ ހާލަތުގެ ދެފުށް ފެންނަ ކަމާ ގުޅޭ ކަންބޮޑުވުންތަކެއް އުފެދިފައިވާކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ސަރުކާރުން އެންމެ ފަހުން އެ ރިޕޯޓުތައް ޝާއިއުކުރީ މިއަހަރުގެ ޖޫން މަހުގެ 20 ގައެވެ. ފިނޭންސުން ރިޕޯޓު އާންމުނުކުރާތާ 113 ދުވަސް ވެފައިވާއިރު، ފިނޭންސުގެ ވެބްސައިޓުގެ އެ ރިޕޯޓުތައް ހުންނަ ބަޔަށް ވަނުމުން ފެންނަ އޮތީ ރީކޮންސިލިއޭޝަން މަސައްކަތް ނިންމާ، ޖުލައި ހަތަރު ވަނަ ހަފުތާގައި އާންމު ކުރާނެ ކަމަށް ބުނެ ޖަހާފައި އޮތް ނޯޓިސްއެއް ޖަހާފައިވަނިކޮށެވެ.

މާލީ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ދަށުން އާންމުކުރަން ޖެހޭ ފިސްކަލް ސްޓްރެޓަޖީގެ ބަޔާނާއި ދަރަނީގެ ސްޓްރެޓަޖީ ބަޔާނަކީ އާންމުކުރަން ޖެހޭ އެއްޗަކަށްވާއިރު މިއަދާ ހަމައަށް އެއިން އެއްވެސް ލިޔުމެއް ރައްޔިތުންނަށް ފެންނަން ނެތުމުން ގިނަ ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިއި އަނދިރި ދައުލަތެއްގެ އެއް ސިފަ ކަމަށް ވެސް ރައްޔިތުން ދަނީ ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved