February 23, 2026
Advertisement
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ / އަދަދު

ޑޮލަރު ލިމިޓު ބޮޑުނުކުރެވޭނެ ކަމަށް ފިނޭންސުން ހާމަކޮށްފި

Aishath Naja
އައިޝަތު ނަޖާ
Feb 1, 2024, 04:35 AM
މާލެ ސިޓީ

ސަރުކާރުގެ ނިންމުމާ އެއްގޮތަށް ބޭރުގައި ކިޔަވާ ކުދިންގެ ބީއެމްއެލް އެކައުންޓުން ނެގޭ އަދަދު 1200 ޑޮލަރަށް ބޮޑުކުރަން ނިންމި ނިންމުން، ޑޮލަރު ތާށިކަމާ ހުރެ ބުރާސްފަތި ދުވަހުން ފެށިގެން ތަންފީޒުނުކުރެވޭނެ ކަމަށް ފިނޭންސުން ހާމަކޮށްފި އެވެ.

Advertisement

ފިނޭންސުން ނެރުނު ބަޔާނެއްގައި ބުނީ އެ ސިޔާސަތު ތަންފީޒުކުރެވޭޖނެ ނިޒާމެއް އެކުލަވާލަން ބޭންކާއި އެމްއެމްއޭ އާއި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަަމަވެސް މި ވަގުތު އެކަން ކުރެވެން ނެތް ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ ހާމަކޮށްފައެވެ.

ފިނޭންސުން ބުނީ ކާޑު ލިމިޓު އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންގެ އަދާހަމަ ދަފްތަރެއް ވެސް އެކުލަވާލަމުން އަންނަ ކަމަށެވެ.

ހަމައެހެންމެ ރަސްމީ ރިޒާވު އިތުރުކުރުމަށާއި، ބޭންކިން ނިޒާމަށް މާރުކުރެވޭ ޑޮލަރުގެ ނިސްބަތް އިތުރުކުރުމުގެ މަސައްކަތް ވެސް މިނިސްޓްރީ އާއި އެމްއެމްއޭ އާއި ބޭންކުތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ފިނޭންސުގެ ބަޔާނުން މި ސިޔާސަތު ތަންފީޒުކުރަން ފެށޭނެ ދުވަހެއް ބަޔާންކޮށްފައި ނެތްކަން ވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved