April 10, 2026
Advertisement
މޫސާ ޒަމީރު
މޫސާ ޒަމީރު / ރައީސް އޮފިސް

ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކޮށް މިނިސްޓަރު ޒަމީރު ދެއްކެވީ އެހެން ވާހަކައެއް!

Aishath Naja
އައިޝަތު ނަޖާ
Oct 21, 2024, 12:45 AM
މާލެ ސިޓީ

މި ސަރުކާރުގައި ތިބި ޖުމްލަ ސިޔާސީ މުވައްޒަފުންގެ އަދަދާ އެ މީހުންގެ މުސާރައަށް ދައުލަތުން ހޭދަވާ ވަރު ހާމަނުކޮށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު އެހެން ވާހަކައެއް ދައްކަވައިފި އެވެ.

Advertisement

ހޮނިހިރު ދުވަހުގެ ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ނޫހުގެ ފަރާތުން ކުރި ސުވާލަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވަނީ ޖަވާބުދިނުމަށް އުޒުރުވެރިވެވަޑައިގެންފަ އެވެ.

އެގޮތުން މި ސަރުކާރުގައި ތިބި ޖުމްލަ ސިޔާސީ މުވައްޒަފުންގެ އަދަދާ އެ މުވައްޒަފުންގެ މުސާރައަށް ދައުލަތުން ހޭދަވާ ވަރު ހާމަކުރައްވާނީ ކޮންއިރަކުންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ ދާދި ފަހުން ޚަރަދު ކުޑަކުރުމަށްޓަކައި 228 ސިޔާސީ މުވައްޒަފުން ވަކިކުުރުމަށް ރައީސް މުއިއްޒު ނިންމަވާފައިވާތީ އެކަން ކޮށް ނިމުނު އަވަހަކަށް އިއުލާން ކުރެވޭނެކަމަށެވެ.

މިހާރު އަޅުގަނޑަށް ހީވަނީ ރައީސްގެ އިކޮނޮމިކް ރިފޯމްގެ ތެރެއިން ސިޔާސީ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ދަނީ ކުރަމުން. އެކަން ކޮށް ނިންމުމަށްފަހު އިއުލާން ކުރެވިގެންދާނެ

މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

ޒަމީރު އިތުރަށް ވިދާޅުވީ އެ ސުވާލަށް ޖަވާބު ދިނުމަށް އޭނާ އައީ ތައްޔާރު ވެގެން ނޫންކަމުން އެއްޗެއް ވިދާޅުނުވެވޭނެކަމަށެވެ.

މި ސަރުކާރު އައީ 700 އަށްވުރެ ސިޔާސީ މުވައްޒަފުން ނުނަގާނެކަމުގެ ވައުދާއެކުގައެވެ. އެހެންނަމަވެސް މިހާރު އެ އަދަދު ވަނީ ފަހަނައަޅާ ގޮސްފައެވެ. އޭގެއިތުރުން އެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ދައުލަތުން ބޮޑު ހޭދައެއް ކުރަން ޖެހޭތީކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވަނީ 228 ސިޔާސީ މުވައްޒަފުން ވަކި ކުރަން ނިންމާފައިވާ ވާހަކަ އިއުލާން ކުރައްވާފައެވެ.

އެހެންނަމަވެސް އަދި އެކަން ކުރައްވާފައި ނުވެއެވެ. އޭގެއިތުރުން މި ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކޮށް ބަހަނާ ދައްކަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved