April 7, 2026
Advertisement
މިނިސްޓްރީ އޮފް ފިނޭންސް
މިނިސްޓްރީ އޮފް ފިނޭންސް / އެޑިޝަން.އެމްވީ

މާލީ ހާލަތު ދަށްކަމަށް ބުނެ ރަށްރަށުގެ މަޝްރޫއުތައް ހުއްޓާލައިފި!

Aishath Naja
އައިޝަތު ނަޖާ
Oct 23, 2024, 12:26 AM
މާލެ ސިޓީ

އެއްވެސް މަޝްރޫއުއެއް ހުއްޓާ ނުލާނެކަމުގެ ވައުދާއެކު އައި ސަރުކާރުން ރަށްރަށުގެ މަޝްރޫއުތައް ހުއްޓާލަފައިވާތާ މަހަކަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ.

Advertisement

"ތޭރަ އޮންލައިން" އަށް މައުލޫމާތު ދިން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ މިކަން ކުރަން ފިނޭންސް މިނިސްޓްރީން ނިންމާފައި ވަނީ ނިމިދިޔަ ސެޕްޓެމްބަރު މަހުގައި ކަމަށެވެ. އެހެން ކަމުން ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން އެކަން އެގޮތައް ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ހުއްދަ ދެއްވާފައެވެ.

ސަބަބެއްގެ ގޮތުގައި ފިނޭންސް މިނިސްޓްރީން ފާހަގަކުރީ "މާލީ ހާލަތު" ދަށްވުންކަމަށް ވެސް އެ އޮފިޝަލު ވިދާޅުވިއެވެ. ރަށްރަށުގެ މަޝްޜޫއުތައް ހުއްޓާލަން މަޖުބޫރުވީ ސިޔާސީ މުވައްޒަފުންގެ މުސާރައަށް ބޮޑު އެއްޗެއް ދައުލަތުން ހޭދަވާތީ ކަމަށެވެ. އަދި އެ މަޝްރޫއުތަކަކީ ފަހުން ވެސް ފެއްޓިދާނެ އެއްޗެއް ނަމަވެސް ސިޔާސީ މުވައްޒަފުންނަަށް މުސާރަ ނުދެވި ގޮއްސިއްޔާ އެ ފަރާތްތަކުން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ފަށާފާނެކަމުގެ ބިރު އެބައޮތްކަމަށް ވެސް ރައީސް މުއިއްޒާ ހަވާލާދީ އެ އޮފިޝަލް މައުލޫމާތު ދިނެވެ.

މިކަމާ ގުޅިގެން ތޭރަ އޮންލައިން އިން ރާއްޖޭގެ ދެތިން ރަށެއްގައި ތަރައްގީގެ އެއްވެސް މަޝްރޫއުއެއް ކުރިޔަށްދޭތޯ ބެލިބެލުމުގައި، މަސައްކަތް އެއްވެސް ވަރަކަށް ނުކުރާތާ މި މަހުގެ 25އަށް މަހެއް ވެގެންދާނެއެވެ.

ރާއްޖޭގެ އުތުރުގެ ރަށެއްގައި ވެސް ނަރުދަމާ އެެޅުމުގެ މަސައްކަތަކީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގައި ފަށާފައިވާ މަސައްކަތެކެވެ. އެހެން ނަމަވެސް އެ މަސައްކަތް ވެސް މި ސަރުކާރު އައުމަށްފަހު ވަނީ ހުއްޓާލާފައެވެ.

ވެރިކަމަށް އައުމުގެ ކުރިން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ކުރީ ސަރުކާރުން ފަށާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާނުލާނެކަމަށެވެ. ނަމަވެސް މިހާރު އެމަނިކުފާނު މި ވަނީ ވައުދާ ހިލާފްވެވަޑައިގެންފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved