
މުސާރަ ދިނުމަށާއި އިދާރީ ހިންގުމުގެ ހަރަދުތަކަށް ހިނގި ރިކަރަންޓު ހަރަދުތައް އިތުރުވެފައިވާ ކަމަށް ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުތަކުން ހާމަވެެއްޖެ އެވެ.
ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުތައް ގަވާއިދުން ޝާއިއުކުރުން ހުއްޓާލީ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ. އެ މުއްދަތާ ހަމައަށް މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ ޖުމްލަ ބަޖެޓުން ހަރަދު ކުރި މިންވަރާއި، ރިކަރަންޓާއި ކެޕިޓަލް ހަރަދުތައް ވެސް ކުޑަކަން ފާހަގަކޮށްލެވެ އެވެ.
އެހެން ނަމަވެސް ވޭތުވި ހުރިހާ ހަފުތާއެއްގެ ރިޕޯޓުތައް އިއްޔެ އެ ވުޒާރާއިން އާންމުކޮށްފައިވާއިރު މުސާރަ އާއި ޕެންޝަން ދިނުމަށް ކުރާ ހަރަދާއި އިދާރީ ހަރަދުތަކާއި ހިންގުމުގެ ހަރަދުތައް އޭގެ ކުރީ އަހަރަށް ވުރެ ވަނީ އިތުރުވެފައެވެ.
އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައި ރިކަރަންޓު ހަރަދުތައް ހުރީ މިއަށް ވުރެ ވެސް ބޮޑަށް މަތިވެފަ އެވެ. އެ ގޮތުން މި މަހުގެ 24، އާ ހަމައަށް ހިނގި ހަރަދުތައް އަންގައިދޭ ރިޕޯޓުގައިވާ ގޮތުގައި:
އިދާރީ އަދި ހިންގުމުގެ ހަރަދުތަކަށް - 16.8 ބިލިއަން ރުފިޔާ (އެއް ބިލިއަން ރުފިޔާ އިތުރު
އެހެންކަމުން،މުސާރަ ދިނުމަށާއި އިދާރީ ހިންގުމުގެ ހަރަދުތަކަށް ދައުލަތުން ބޮޑު އެއްޗެއް ހޭދަ ނުވާކަމަށް ބުނެ ސަރުކާރުން ހެދީ ދޮގުކަން ހާމަވެއެވެ.










