ރައީސް މުއިއްޒު އަރިހުގައި ފިނޭންސް މިނިސްޓަރު: ސަރުކާރަށް އަހަރެއް، 150 ބިލިއަނުން ގައުމު ދަރުވާލައިފި / ރައީސް އޮފިސް
ހަބަރު
ސަރުކާރަށް އަހަރެއް، 150 ބިލިއަނުން ގައުމު ދަރުވާލައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
28 ނޮވެމްބަރު 2024
މާލެ ސިޓީ

ރައީސް ޑރ. މުއިއްޒުގެ ވެރިކަމަށް އެއް އަހަރު ފުރުނި އިރު، މި ސަރުކާރުން އެއް ބިލިއަން ރުފިޔާއިން މި ގައުމު ދަރުވާލައިފި ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ރޭ ތުހުމަތު ކުރައްވައިފި އެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ދަރަނީ ހުރީ، 127.8 ބިލިއަން ރުފިޔާގަ އެވެ. މި އަހަރު ދަރަންޏަށް އިތުރުވާ ފައިސާއާއެކީ މި އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނެ ކަމަށް ލަފާކުރެވެނީ 146.6 ބިލިއަން ރުފިޔާގަ އެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 117 ޕަސެންޓުގަ އެވެ.

"އެސްއެސްޓީވީ" ގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ، މި ސަރުކާރުގެ ޕާފޯމަންސް މިދިޔަ އެއް އަހަރު ދިޔައީ ވަރަށް ދަށްކޮށް ކަމަށާއި ނަމަވެސް، ރައީސް ޑރ. މުއިއްޒުގެ ދަތުރުފުޅުތައް ވަރަށް ގިނަ ކަން ފާހަގަކުރެވޭ ކަމަށެވެ.

ނަމަވެސް، ރައްޔިތުންގެ ޓެކްސް ފައިސާއިން ސަރުކާރުން ބޭނުންވާ ކަންތައްތަކެއް ކޮށްފައިވާ ކަމަށް ނާޒިލް ތުހުމަތުކުރެއްވިއެވެ.

އޭގެއިތުރުން، ރަށްތަކުގެ ހާލަތު ހުރީ ވަރަށް ދަށް ހާލަތުގައި ކަމަށާއި ތަރައްގީގެ މަޝްރޫއުތައް ނުހިނގާ ކަން ނާޒިލް ވަނީ ފާހަގަކުރައްވާފަ އެވެ.

ސަރުކާރުން އެއް އަހަރު ކުރި މަސައްކަތަށް ދެއްވަނީ "ޔޫ ސެޓެއް" ނުވަތަ އެއަށް ވުރެ ދަށަށް އޮތް މާކުހެއް ކަމަށް ނާޒިލް ވަނީ ވިދާޅުވެފަ އެވެ.

އޭގެ މިސާލެއްގެ ގޮތުން، އަޅުގަނޑު ދެންނެވީ އެއް އަހަރު ނިމިދިޔައިރު، 150 ބިލިއަނުން ގައުމު ދަރުވާލީ.

- ހިތަދޫ ދެނުކު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

މިދިޔަ ސަރުކާރުގެ ވާހަކަ މި ސަރުކާރުން ދައްކާއިރު، އެ ސަރުކާރުގެ ފުރަތަމަ އަހަރުގެ ބަޖެޓަކީ 31 ބިލިއަން ރުފިޔާ ކަމަށް ނާޒިލް ވިދާޅުވި އެވެ. ނަމަވެސް، މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ބަޖެޓަކީ 55 ބިލިއަން ރުފިޔާ ކަމަށާއި މިދިޔަ ސަރުކާރުގެ ބަޖެޓަށް ވުރެ 24 ބިލިއަން ރުފިޔާގެ އިތުރު ބަޖެޓެއް ކަމަށް ނާޒިލް ވަނީ ވިދާޅުވެފަ އެވެ.

ނާޒިލް މިފަދައިން ވިދާޅުވިއިރު މި ސަރުކާރު މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ  މިހާރު ވެސް ހަރަދުކުރާއިރު، ސިޔާސީ މުވައްޒަފުންގެ ސީދާ އަދަދު ސަރުކާރުން ހާމަނުކޮށް އުޅެނީ ސިއްރުކޮށްގެން ނެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު 700ގައި ހިފަހައްޓާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތް ނަމަވެސް، އިދިކޮޅުން ތުހުމަތުކުރަނީ އެ އަދަދު 2،000އަށްވުރެ ގިނަވާނެ ކަމަށެވެ.

ދަރަނި އަދާ ކުރުމަށް 2026 ވަނަ އަހަރު 15 ބިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭއިރު، އެއީ ދައުލަތުން އެންމެ ބޮޑު ދަރަންޏެއް އަދާ ކުރަން ޖެހޭ އަހަރެވެ.

ރާއްޖެއަށް މާލީ ގޮންޖެހުންތައް ބޮޑުވެ، ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރޭޓިން ވެސް މިހާރު ވަނީ ދަށްކޮށްފަ އެވެ. ދަރަނިތައް ފޫބެއްދުމަށް ސަރުކާރަށް އޮތް ހަމައެކަނި މަގަކީ އިގްތިސޯދަށް ވަންނަ ފައިސާ އިތުރުކުރުމެވެ.

އެއީ ބޭރުގެ އިންވެސްޓަރުން އައިސްގެން ނޫނީ ނުވާނެ ކަމެކެވެ. ނަމަވެސް އެ އިންވެސްޓަރުންނެއް ރާއްޖެއަކަށް ނާދެ އެވެ. ސަރުކާރުގެ އެތެރޭގެ ކޮރަޕްޝަނާއި ތަފާތު ޓެކްސްތަކުން އިންވެސްޓަރުން "ތަޅު" އަޅުވާތީ ޓުއަރިޒަމަށް ރަށެއް/ފަޅެއް ވިއްކުމަކީ މިހާރު އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ.

ބޮޑަށް ދަރަނިވެރިވެފައިވާ ގައުމުތަކުގެ ލިސްޓުން ސަލާމަތްވުމަށް ރާއްޖެ އަށް އޮތް އެންމެ މުހިންމު ފުރުސަތަކީ، "ހައްދުފަހަނައަޅާފައިވާ ކޮރަޕްޝަން" މި މުއިއްޒުގެ ސަރުކާރުން ނައްތާލުމެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved