މިނިސްޓްރީ އޮފް އެޑިއުކޭޝަން އަކީ ވެސް މި ސަރުކާރުގައި ނުހަނު ޖަރީމާތައް ހިންގާ މިނިސްޓްރީއަކަށްވާއިރު އެ ޖަރީމާތައް ފޮރުވަން އެ މިނިސްޓްރީއިން ސްކޫލުތަކަށް އެންގުމެއް އަންގައފިއެވެ.
"ތޭރަ އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މައުލޫމާތު ހޯދުމަށް ސްކޫލުތަކުގައި އެދުނު ނަމަވެސް މިނިސްޓްރީގެ އިރުޝާދެއް ނެތި މައުލޫމާތު ނުދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ވަނީ އަންގާފައެވެ.
އެގޮތުން 9 ޖުލައި 2024 ގައި މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ސްކޫލްތަކަށް ފޮނުވި އިންޓާނަލް މެމޯ އެއްގައި ބުނެފައި ވަނީ ގާނޫނު ނަންބަރު 2024/1 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) ގެ ދަށުން، މައުލޫމާތު ހޯދުމަށް އެދި ސްކޫލުތަކަށް ހުށަހަޅާ ފޯމާ ގުޅިގެން، މިނިސްޓްރީގެ އިރުޝާދާ އެކު ނޫނީ ޖަވާބު ނުދިނުމަށް ދަންނަވާ ކަމަށެވެ.
މިނިސްޓްރީއިން މިފަދަ އެންގުމެއް އަންގާފައިވާއިރު، ސްކޫލުތަކުގެ ކޫލިން ނިޒާމު ގާއިމުކުރުމަށް ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންެވި ވައުދު ސަރުކާރުން ފުއްދިކަމަށް ދައްކަން ސްކޫލުތަކުގެ ބެލެނިވެރިން އަތުން ފައިސާ ނަގަން އެޑިއުކޭޝަނުން ޕްރިންސިޕަލުންނަށް އެންގިކަން ހާމަވެފައިވެއެވެ. އަދި ފަހުން އެކަން ފަޅާ އެރުމުން އެހެން އެކަން ކުރަން އިރުޝާދު ނުދޭ ކަމަށާ އެކަން ހުއްޓުވާފައިވާނެ ކަމަށް ބުނެ ސަރުކާރުން ދޮގު މައުލުމާތު ދީފައިވެއެވެ.