ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް (ރިޓަޔާޑް) އަހުމަަދު ޝިޔާމް / އެމްއެންޑީއެފް
ހަބަރު
ކުރީގެ ޑިފެންސް ޗީފް ޝިޔާމަށް ކުށް ސާބިތުނުވި މައްސަލަ ހައި ކޯޓަށް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
07 ޖެނުއަރީ 2025
މާލެ ސިޓީ

އެމްއެންޑީއެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ރިޓަޔާޑް އަހްމަދު ޝިޔާމްގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތު ނުވުމުން އެ މައްސަލަ އިސްތިއުނާފް ކުރަން ހުށަހަޅައިފި އެވެ.

ޝިޔާމްގެ މައްޗަށް ދައުވާކޮށްފައިވަނީ ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ އެމްއާރުސީސީގެ އިމާރާތުގައި، 2017 ވަނަ އަހަރުން ފެށިގެން ޝިޔާމްގެ ބައްފަ ދިރިއުޅެން ބެހެއްޓި މައްސަލާގަ އެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުން ޝިޔާމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރީ މިދިޔަ 1 އޮކްޓޯބަރުގަ އެވެ. ދައުލަތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ މިދިޔަ 29 ޑިސެމްބަރުގަ އެވެ.

ހައި ކޯޓަށް މިދިޔަ މަހުގެ ފަހުކޮޅު މި މައްސަލަ ހުށަހެޅި ނަމަވެސް މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

އެ މައްސަލާގައި ޝިޔާމްގެ މައްޗަށް ދައުވާކުރަން 2020 ވަނަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އެންގެވުމަކަށެވެ.

އޭސީސީން ބުނި ގޮތުގައި ސިފައިންގެ އެމްއާރްސީސީގެ ވީއައިޕީ ގޭގައި އާންމުންނަށް ދިރިނޫޅެވޭއިރު ޖުލައި 18، 2017 އިން ޑިސެމްބަރު 11، 2018ގެ ނިޔަލަށް، ޝިޔާމުގެ ބައްޕަ ޝާކިރުބެ އެތަނުގައި ދިރިއުޅުއްވާފައިވެ އެވެ.

އެހެންވެ އެ އަމަލަކީ ދައުލަތުގެ މުވައްޒަފެއްގެ ވަޒީފާ ނުވަތަ މަގާމު ބޭނުންކޮށްގެން ދައުލަތުން ހަރަދުކުރާ ތަނެއްގެ މަންފާ އެ މަންފާއެއް ލިބެން ނުޖެހޭ ފަރާތަކަށް ލިއްބައިދޭ އަމަލެއް ކަމަށް އޭސީސީން ތުހުމަތުކޮށްފައިވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved