March 10, 2026
Advertisement
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ / ސަން

ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގެ އެންމެ ރިޕޯޓެއްވެސް މި އަހަރު ނުނެރޭ!

Hussain Nawaf
ހުސައިން ނަވާފް
Jan 21, 2025, 09:47 PM

ފިނޭންސް މިނިސްޓްރީން ނެރޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގެ އެންމެ ރިޕޯޓެއްވެސް މި އަހަރު ނުނެރެއެވެ.

Advertisement

ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ސަރުކާރުގެ މާލިއްޔަތުގެ ޚުލާސާއާއި، ހަރަދާއި އާމްދަނީގެ ތަފްސީލީ ނަތީޖާއާއި، ރިޕޯޓިންގ ހަފްތާއަށް ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ތަފްސީލް ފޯރުކޮށްދެއެވެ. މި ރިޕޯޓު ނެރެނީ ކޮންމެ އަންގާރަ ދުވަހަކުއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެންމެ ފަހުން ނެރުނު ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓު ނެރިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31ވަނަ ދުވަހާއި ހަމައަށެވެ. އެގޮތުން މި އަހަރު އެކަމާއި ގުޅުން ހުރި އެއްވެސް ރިޕޯޓެއް ޝާއިރު ނުކުރެއެވެ.

ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓު
ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓު

މި ކަމާއި ގުޅިގެން 13 އޮންލައިނުން ފިނޭންސް މިނިސްޓްރީއަށް މައުލޫމާތު ސާފުކޮށްލުމަށް ގުޅިނަމަވެސް ފޯނު ނުނެގުމުގެ ސަބަބުން އެކަންވަނީ ނުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved