ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރީ ޑީއެންއާރު ތެރޭގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީއަށް ފޯމު ފުރިކަން ހޯމް ލޭންޑް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަބްދުލް މަޖީދު އިބްރާހީމް އިއުތިރާފުވުމާއި ގުޅިގެން ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ސެކްރެޓަރި ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
ގިނަ އަދަދެއްގެ މީހުންގެ ޒާތީ މައުލޫމާތު ހުއްދަ ނެތި ބޭނުން ކޮށްގެން ޕީއެންސީ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީ ކުރާ މައްސަލަ ފެންމަތިވެފައި ވަނިކޮށް، އައިޑީކާޑު ހެއްދުމާއި އެ މައުލޫމާތު ރައްކާ ކުރުމުގެ މަސައްކަތް ކުރާ ޑީއެންއާރުގެ ތެރޭގައި އެ މަސައްކަތް ކުރާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާން ފަށާފައިވާއިރު އިއްޔެ ވަނީ އެ އިދާރާގައި މަސައްކަތް ހިނގާ ގޮތް ދައްކާލަން ކަމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެގޮތުން މި ބައްދަލުވުމުގައި މަޖީދުވަނީ އެ މިނިސްޓްރީގެ ދަށުގައި ހުރި މުއައްސަސާތަކަށް ނިސްބަތްވާ ސިޔާސީ މީހުން ހިމެނޭ "ހޯމް ޓީމެއް"ގެ ފަރާތުން ޕީއެންސީއަށް ފޯމްތައް ފުރާފައިވާ ކަމަށް އެއަބަސްވެފައެވެ. އޭނާ ވިދާޅުވީ ސިޔާސީ މީހުން ސިޔާސީ މަސައްކަތްކުރާނެ ކަމަށެވެ.
Hifaa hayyarukoh thahugeegu kuraakah adhives nuvey? Kobaa miqaumuge adhulu insaafu qaaim kurumuge zinmaa nangavaigen musaara nangavaa beyfulhun. pic.twitter.com/6Yr2sj5cRk
— Mohamed Maleeh Jamal (@maleehjamal) January 21, 2025
މި ކަމާއި ގުޅިގެން މަލީހު ކަންބޮޑުވުން ފާޅު ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ މައްސަލަ ތަހުގީގު ކުރަން އަދިވެސް ނުވޭތޯ ސުވާލު އުފައްދަވާފައެވެ. އަދި އަދުލު އިންސާފު ގާއިމު ކުރުމުގެ ޒިއްމާ ނަންގަވައިގެން މުސާރަ ނަންގަވާ ބޭފުޅުންވެސް މިއަދު ކޮބައިތޯވަނީ މަލީހު ސުވާލު އުފައްދަވާފައެވެ.