February 24, 2026
Advertisement
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ / ސަން

ނުނެރި އޮތް ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުތައް މި ހަފްތާގައި ނެރޭނެ: ފިނޭންސް މިނިސްޓްރީ

Hussain Nawaf
ހުސައިން ނަވާފް
Jan 22, 2025, 08:58 PM

ފިނޭން މިނިސްޓްރީން ނެރޭ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓު ނުނެރުމުން 13އޮންލައިން އިން އެކަމާ ގުޅިގެން ސުވާލުކުރުމުން އެކަން ފިނޭންސްގެ ސަމާލުކަމަށް އައިސް، މި ހަފްތާ ތެރޭގައި ނެރޭނެކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

Advertisement

13އޮންލައިނަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ މީޑިއާ ރިލޭޝަންސް ސްޕެޝަލިސްޓް އިފާދު ވަހީދު ވިދާޅުވެފައިވަނީ ރިޕޯޓުތައް ނެރުން ލަސްވަނީ ރިކޮންސިލިއޭޝަން މަސައްކަަތްތަކެއް ކުރާތީކަން މައުލޫމާތު ދެއްވިއެވެ.

މީގެ އިތުރުން 2024ވަނަ އަހަރު ނިމުނު މުއްދަތުގެ ބިލްތަކެއް އަޅާތީވެސް ލަސްވަމުންދާކަމަށް މައުލޫމާތު ދެއްވިއެވެ. އެގޮތުން މި ބިލްތައް އެޅުމަށް މިނިސްޓްރީއަށް ދީފައި އޮތް މުއްދަތަކީ 31 ޖެނުއަރީ 2025ގެ ނިޔަލަށްކަން އިފާދު މައުލޫމާތުދިނެވެ.

އިތުރަށް މައުލޫމާތު ދެއްވަމުން އިފާދުވަނީ ޖެނުއަރީ މަހު އާންމުކޮށް މި ރިޕޯޓު ނެރެން ލަސްވާ ވާހަކަ ފާހަގަ ކުރައްވާފައެވެ. އެގޮތުން ވޭތުވެ ދިޔަ 2 އަހަރުގައިވެސް ލަސްވިކަން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved