February 23, 2026
Advertisement
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ / ސަން

ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓު ހަފްތާ ނިމުނު އިރުވެސް ނުނެރޭ!

Hussain Nawaf
ހުސައިން ނަވާފް
Jan 24, 2025, 03:18 PM

ފިނޭން މިނިސްޓްރީން ނެރޭ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓު ނުނެރުމުން 13އޮންލައިން އިން އެކަމާ ގުޅިގެން ސުވާލުކުރުމުން މި ހަފްތާ ތެރޭގައި ނެރޭނެކަމަށް ބުނި ނަމަވެސް ނުނެރޭކަން ހާމަވެއްޖެ އެވެ.

Advertisement

ސަރުކާރު ބަންދުވެ ހަފްތާ ނިމުނު އިރުވެސް އެންމެ ފަހުން ފިނޭންސް މިނިސްޓްރީން ނެރުނު ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31ވަނަ ދުވަހާއި ބެހޭ ގޮތުން ނެރުނު ރިޕޯޓުކަން ފާހަގަކޮށްލެވެ އެވެ.

ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓު ޝާއިރު ކުރާ ލިންކް
ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓު ޝާއިރު ކުރާ ލިންކް

13އޮންލައިނަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ މީޑިއާ ރިލޭޝަންސް ސްޕެޝަލިސްޓް އިފާދު ވަހީދު ވިދާޅުވެފައިވަނީ ރިޕޯޓުތައް ނެރުން ލަސްވަނީ ރިކޮންސިލިއޭޝަން މަސައްކަަތްތަކެއް ކުރާތީކަން މީގެ ކުރިން މައުލޫމާތު ދެއްވާފަ އެވެ.

މީގެ އިތުރުން 2024ވަނަ އަހަރު ނިމުނު މުއްދަތުގެ ބިލްތަކެއް އަޅާތީވެސް ލަސްވަމުންދާކަމަށް މައުލޫމާތު ދެއްވިއެވެ. އެގޮތުން މި ބިލްތައް އެޅުމަށް މިނިސްޓްރީއަށް ދީފައި އޮތް މުއްދަތަކީ 31 ޖެނުއަރީ 2025ގެ ނިޔަލަށްކަން އިފާދު މައުލޫމާތުދިނެވެ.

އިތުރަށް މައުލޫމާތު ދެއްވަމުން އިފާދުވަނީ ޖެނުއަރީ މަހު އާންމުކޮށް މި ރިޕޯޓު ނެރެން ލަސްވާ ވާހަކަ ފާހަގަ ކުރައްވާފައެވެ. އެގޮތުން ވޭތުވެ ދިޔަ 2 އަހަރުގައިވެސް ލަސްވިކަން ވިދާޅުވެފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved