

ރޯދަ މަހަށް ހާއްސަކޮށްގެން މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.
ސިޓީ ކައުންސިލުން މިއަދު ބުނީ، ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި މިސްކިތްތައް ޒީނަތްތެރިކުރުމުގެ މަސައްކަތުގެ އިތުރުން މަގުތައް މަތީ ހުރި ޕެލެޓުތައް ނަގައި ހިނގާ މީހުންނަށް ފަސޭހަކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ ރޯދައަށް ތައްޔާރުވުމަށް ކުރާ މަސައްކަތުގެ ދަށުން ގޭގެއިން މަގުގެ ޕޭމަންޓުގައި ކުނި ބަހައްޓާފައި ހުރޭތޯ ބަލައި އެގޮތަށް ހުންނަ ކުނިތައް އުކުމާއި މާލޭގެ މަގުތައް މިހާރަށް ވުރެ ބޮޑަށް ބެލެހެއްޓުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަލަންޑަރުގައި ވަނީ މާޗް 1 ވަނަ ދުވަހެވެ.