February 24, 2026
Advertisement
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ / ސަން

ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓް ނެރުން އަނެއްކާވެސް ލަސްވެއްޖެ

Hussain Nawaf
ހުސައިން ނަވާފް
Jan 30, 2025, 09:15 PM

ފިނޭންސް މިނިސްޓްރީން ނެރޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓް ނެރުން އަނެއްކާވެސް ލަސްވެއްޖެއެވެ.

Advertisement

ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ސަރުކާރުގެ މާލިއްޔަތުގެ ޚުލާސާއާއި، ހަރަދާއި އާމްދަނީގެ ތަފްސީލީ ނަތީޖާއާއި، ރިޕޯޓިންގ ހަފްތާއަށް ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ތަފްސީލް ފޯރުކޮށްދެއެވެ. މި ރިޕޯޓު ނެރެނީ ކޮންމެ އަންގާރަ ދުވަހަކުއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެންމެ ފަހުން ނެރުނު ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓު ނެރިފައިވަނީ މި އަހަރު ޖެނުއަރީ 16 އާއި ހަމައަށެވެ.

މި އަހަރު އެކަމާއި ގުޅުން ހުރި ރިޕޯޓުތައްވެސް ނެރުނީ 13އޮންލައިނުން އެކަމާއި ސުވާލު ކުރުމުންނެވެ. އެގޮތުން މިއަދާއި ހަމައަށް ނުނެރި އަދި 2 ރިޕޯޓު އޮތްކަންވެސް ފާހަގަކޮށްލެވެއެވެ.

ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގެ 2 ރިޕޯޓު އަދިވެސް ނުނެރޭ
ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގެ 2 ރިޕޯޓު އަދިވެސް ނުނެރޭ

މި ކަމާއި ގުޅިގެން 13 އޮންލައިނުން ފިނޭންސް މިނިސްޓްރީއަށް މައުލޫމާތު ސާފުކޮށްލުމަށް ގުޅުމުން އެ ރިޕޯޓު ކޮމްޕައިލު ކުރުމުގެ މަސައްކަތް މިނިސްޓްރީގެ ފިސްކަލް އެފެއާޒް ޑިޕާޓްމަންޓުން ކުރިއަށްދާކަމަށްވަނީ މައުލޫމާތު ދީފައެވެ. އަދި އެ ކޮމްޕައިލް ކުރެވޭހޭ އަވަހަށް އަޕްލޯޑު ކުރެވޭނެ ވާހަކަވެސްވަނީ ބުނެފައެވެ. އެގޮތުން މިއަދުގެ ނިޔަލަށް މިދިޔަ ހަފްތާގެ ރިޕޯޓު ޝާއިރު ކުރާނެ ވާހަކަވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved