އައިޖީއެމްއެޗް / ސޯޝަލް މީޑިއާ
ހަބަރު
ސާޖަރީ ހަނދާނެ އާލަތްތައް ނެތުމުން ޚިދުމަތް މެދު ކަނޑާލިކަމުގެ އަޑުތަކެއް!
02 ފެބްރުއަރީ 2025
މާލެ ސިޓީ

ސަރުކާރުގެ މައި ހޮސްޕިޓަލު ް، އިންދިރަ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި އޮޕަރޭޝަންސްތައް ކުރަން ބޭނުންވާ އާލާތްތައް ނެތުމުން ވަގުތީ ގޮތުން ޚިދުމަތް މެނދުކަނޑަލިކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

"ތޭރަ އޮންލައިން"އަށް މައުލޫމާތު ލިބިފައިވަ ގޮތުގައި، އައިޖީއެމްއެޗްގެ ޑޮކްޓަރުން ވަނީ ކަމާ ގުޅުން ހުރި ޑިޕާޓޫމަންތުތަކުގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ. އެގޮތުން އޮޕަރޭޝަންސްތަކަށް ބޭނުންވާ އެންމެ އާދައިގެ ވަސީލަތްތަކުން ފެށިގެން ގޮސް ސީރިއަސް ހާލަތްތަކުގައި ބޭނުންވާ އާލަތްތައްވެސް ނެތްކަމަށާ އެހެންކަމުން ކޮންމެހެން ކުރަން ޖެހޭ ސާޖަރީއަކަށް މެނުވީ ޝެޑިއުލްކޮށް ވަގުތު ބަލިމީހުންނަށް ނުދިނުމަށް އެދިފައިވެއެވެ.

އެ މެސެޖުގެ ސްކްރީން ޝޮޓެއް މި ނޫހަށް ލިބިފައިވެއެވެ.

އައިޖިއެމްއެޗްގެ ޑޮކަޓަރުން ފޮނުވިކަމަށް ވާ މެސެޖު

އައިޖީއެމްއެޗުން ވަނީ މިކަން ދޮގުކޮށްފައެވެ. އެ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި، ހޮސްޕިޓަލުގެ އެއްވެސް ސާޖަރީއެއް މިވަގުތު ހުއްޓާލާފައި ނުވާކަމުގެ ޔަޤީންކަން ދޭ ކަމަށެވެ، އަދި އާންމު ރައްޔިތުންނަށް އޮޅުން އަރާ ގޮތަށް، މިފަދަ ހަޤީޤަތާ ޚިލާފު މަޢުލޫމާތު ސޯޝަލް މީޑިއާގައި ފަތުރަމުންދާތީ، މިކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް ޒިންމާދާރުކަމާ އެކު މަޢުލޫމާތު ފެތުރުމަށް ނަޞޭޙަތްތެރިވާ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved