February 24, 2026
Advertisement
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ / ސޯޝަލް މީޑިއާ

ނިމުނު ހަފްތާގެ ބުރާސްފަތި ދުވަހަށް ނެރޭނެކަމަށް ބުނި ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓު މި ހަފްތާ ފެށުުނު އިރުވެސް ނުނެރޭ

Hussain Nawaf
ހުސައިން ނަވާފް
Feb 3, 2025, 10:04 PM

ނިމުނު ހަފްތާގެ ބުރާސްފަތި ދުވަހަށް ނެރޭނެކަމަށް ބުނި ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓު މި ހަފްތާ ފެށުުނު އިރުވެސް ނުނެރޭކަން ހާމަވެއްޖެއެވެ.

Advertisement

ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ސަރުކާރުގެ މާލިއްޔަތުގެ ޚުލާސާއާއި، ހަރަދާއި އާމްދަނީގެ ތަފްސީލީ ނަތީޖާއާއި، ރިޕޯޓިންގ ހަފްތާއަށް ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ތަފްސީލް ފޯރުކޮށްދެއެވެ. މި ރިޕޯޓު ނެރެނީ ކޮންމެ އަންގާރަ ދުވަހަކުއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެންމެ ފަހުން ނެރުނު ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓު ނެރިފައިވަނީ މި އަހަރު ޖެނުއަރީ 16 އާއި ހަމައަށެވެ.

މި އަހަރު އެކަމާއި ގުޅުން ނެރުނު ރިޕޯޓުތައްވެސް ނެރުނީ 13އޮންލައިނުން އެކަމާއި ސުވާލު ކުރުމުންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިއަދާއި ހަމައަށް ނުނެރި އަދި 2 ރިޕޯޓު އޮތްކަންވެސް ފާހަގަކޮށްލެވެއެވެ.

ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓު ޝައިރު ކުރާ ލިންކުގެ މިއަދުގެ ސްކްރީންޝޮޓެއް
ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓު ޝައިރު ކުރާ ލިންކުގެ މިއަދުގެ ސްކްރީންޝޮޓެއް

އެގޮތުން މި ރިޕޯޓުތައް ޝާއިރު ކުރުން ލަސްވަނީ ރިޕޯޓުތައް ކޮމްޕައިލު ނުކުރެވިގެންކަމަށް މައުލޫމާތު ލިބެއެވެ. މި މަސައްކަތް ކުރަނީ ފިނޭންސް މިނިސްޓްރީގެ ފިސްކަލް އެފެއާޒް ޑިޕާޓްމަންޓުންނެވެ.

މިކަމާއި ގުޅިގެން ޗެނަލް13 އިން ފިނޭންސް މިނިސްޓްރީ އާއި ސުވާލު ކުރި ނަމަވެސް ޖަވާބު ނުލިބޭކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved