March 17, 2026
Advertisement
މައްޗަންގޮޅީ އުތުރު ދާއިރާގެ ކައުންސިލަރު ސައީދާ ރަޝާދު
މައްޗަންގޮޅީ އުތުރު ދާއިރާގެ ކައުންސިލަރު ސައީދާ ރަޝާދު / މާލެ ސިޓީ ކައުންސިލް

ޕީއެންސީއިން ބޭނުންވަނީ ބެންކޮކްގައި ހުންނަ ގޮތަށް ރާއްޖޭގައި ސްޕާ ހަދަން!

Feb 5, 2025, 07:39 PM
މާލެ ސިޓީ

ރާއްޖޭގައި ސްޕާތައް ހަދަންވީ ތައިލެންޑްގެ ބެންކޮކްގައި ހުންނަ ގޮތަށް ކަމަށް ޕީޕީއެމް ޓިކެޓުގައި މާލެ ސިޓި ކައުންސިލަށް ހޮވިވަޑައިގެން ހުންނެވި، ސަރުކާރަށް ތާއީދުކުރާ ކައުންސިލަރަކު ވިދާޅުވެއްޖެއެވެ.

Advertisement

މާލެ ސިޓީ ކައުންސިލުން ބޭއްވި ހަތަރު ވަނަ ދައުރުގެ 182 ވަނަ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން މައްޗަންގޮޅީ އުތުރު ދާއިރާގެ ކައުންސިލަރު ސައީދާ ރަޝާދު ވިދާޅުވީ، ބެންކޮކްގައި ސްޕާތައް ހުންނަ ގޮތަށް ރާއްޖޭގައި ސްޕާތައް ހެދުމުން، ބަލި މީހުންނަށް ވެސް ފަސޭހަތައް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ގިނަ އަދަދެއްގެ ދިވެހިން ސްޕާތަކުން ހިދުމަތް ހޯދުމަށް ބެންކޮކަށް ދާކަން ފާހަގަކުރައްވާ ސައީދާ ވިދާޅުވީ އެއަށްވުރެ މާލޭގައި އޯޕަންކޮށް ސްޕާތައް ހެދުން ރަނގަޅު ކަމަށެވެ.

އަޅުގަނޑު ބުނަން ބޭނުންވަނީ ބެންކޮކްގައި ވެސް ހުރެއެއް ނޫންތޯ ސްޕާ. ހަމަ އެގޮތަށް ރާއްޖޭގައި ސްޕާތައް ބަހައްޓަންވީ ނޫންތޯ. އޭރުން ބަލި މީހުންނަށް ވެސް ނުލާހިކު ރަނގަޅުވާނެ ފައި މޮޑެ ދޯ ކަންތައްތައްކޮށް. މިހާރު އޯޕަންކޮށް ބޭއްވީމަ ރަނގަޅުވާނެހެން ހީވަނީ. އެންމެން ދިވެހިން ބެންކޮކަށް ސްޕާއަށް. އެހެންވީމަ އެއަށްވުރެ މާ ރަނގަޅުވާނެ ނޫންތޯ މާލޭގައި އެގޮތަށް އޯޕަންކޮށް ސްޕާތައް ހެދީމަ

ސައީދާ

ސްޕާތައް ހިންގުމުގެ ހުއްދަ ދިނުމާއި ގުޅޭގޮތުން މިއަދުގެ ޖަލްސާ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލޭގައި އެގޮތަށް އޮޕަން ސްޕާތައް އެޅުމުގެ ހުއްދައަށް އެދި ވިޔަފާރިވެރިން އެދެމުންދާ ކަމަށާއި ސްޕާތައް އަޅައި ހިންގުމާއި ގުޅޭގޮތުން ކައުންސިލުން ގޮތެއް ނިންމައި ދިނުމަށް އެދި ހުށަހަޅަމުންދާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved