February 24, 2026
Advertisement
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ / އަދަދު

ދައުލަތަށް ލިބުނު އާމްދަނީ ދަށަށް!

Hussain Nawaf
ހުސައިން ނަވާފް
Feb 5, 2025, 09:44 PM

މިދިޔަ އަހަރާއި އަޅާ ކިޔާއިރު އަހަރުގެ ފުރަތަމަ ތިން ހަފްތާގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީ ދަށްވެއްޖެކަން ހާމަވެއްޖެއެވެ.

Advertisement

އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ތިން ހަފުތާގައި ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 1.58 ބިލިއަން ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީ ވަނީ 1.33 ބިލިއަން ރުފިޔާކަން ފިނޭންސް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުން ދައްކައެވެ.

ދައުލަތު އާމްދަނީ ބޮޑުތަނުން ދަށްވެފައިވަނީ އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވުމުގެ ސަބަބުންކަންވެސް ފާހަގަކޮށްލެވެއެވެ. މިދިޔަ އަހަރު އެ މުއްދަތުގައި 220 މިލިއަން ރުފިޔާ ލިބިފައިވާއިރު މި އަހަރުގެ އެ މުއްދަތުގައި ލިބުނީ 89 މިލިއަން ރުފިޔާއެވެ. އެގޮތުން އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވީ މި އަހަރުގެ ޖެނުއަރީ އިން ފެށިގެން ރާއްޖެ އާއި ޗައިނާއާ ދެމެދު ވެފައިވާ ފްރީ ޓްރޭޑް އެއްބަސްވުމަށް އަމަލުކުރަން ވަނީ ފަށާފައެވެ. އެހެންކަމުން އެ ގައުމުން ގެންނަ ގިނަ ތަކެތީގެ ޑިއުޓީ ނުނަގައެވެ.

ފުރަތަމަ ތިން ހަފުތާގައި ދައުލަތުން ކުރި ޖުމްލަ ހަރަދު ވަނީ ދަށްވެފަ އެވެ. ނަމަވެސް މުސާރައާއި އިނާޔަތްތަކަށް ކުރި ހަރަދު ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރު 9 މިލިއަން ރުފިޔާ މުސާރަ އާއި އިނާޔަތްތަކަށް ހަރަދުކޮށްފައިވާއިރު މި އަހަރު އެކަމަށް ކުރި ހަރަދަކީ 152 މިލިއަން ރުފިޔާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved